ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓަމުންދާ ވިލިމާލޭ "ކުޑަކުދިންގެ ހިޔާ"ގައި އުޅޭ ކުއްޖަކަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގުން ހުއްޓުވަންޖެހޭ ކަމަށް ބުނެ، އާކުން އަނެއްކާ ވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ ރާއްޖޭގެ އަމިއްލަ ޖަމާއަތެއް ކަމުގައިވާ "އެޑްވޮކޭޓިން ފޯދަ ރައިޓްސް އޮފް ދަ ޗައިލްޑް" ނުވަތަ "އާކް" އިން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި އުމުރުން 13 އަހަރާއި 18 އަހަރުގެ ކުދިން ބަލަހައްޓަމުންދާ ކުޑަކުދިންގެ ހިޔާގައި ދޮޅު މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގާފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގާފައި މިވަނީ ހިޔާގައި ދިރިއުޅެމުންދާ ކުދިން އެކި ރަށްރަށަށް ބަދަލުކުރުމުގެ ސަބަބުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންގެ އަދަދު 10 އަށްވުރެވެސް މަދުވެފައިވަނިކޮށް ކަމް އާކުން ވަނީ ފާހަގަކޮށްފައެވެ.
"ކުދިންގެ އަދަދު ވަރަށް މަދުވެ، ހިޔާ ބެލެހެއްޓުން ކުރިޔަށްވުރެ ފަސޭހަވާންޖެހޭ ދަނޑިވަޅެއްގައި މިފަދަ ހާދިސާތައް ތަކުރާރުވުމަކީ އާކުން ވަކިން ޚާއްޞަކޮށް ކަންބޮޑުވާ ކަމެކެވެ. އަދި ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދަޢުލަތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާކުން އަނެއްކާވެސް ގޮވާލަމެވެ." އާކުން ނެރުނު ބަޔާނުގައިވެއެވެ. "އަދި މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވެ، އެތަނުގައި ދިރިއުޅެމުންދާ ކުއްޖަކަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން މިކަންކަން ހުއްޓުވުމަށްޓަކައި މިފަދަ ހާދިސާތަކުގެ ފުރިހަމަ ތަޙްޤީޤެއް ކުރުމަށްވެސް އާކުން ގޮވާލަމެވެ. މީގެ އިތުރުން 4 މެއި 2021 ގެ އަލިފާނުގެ ހާދިސާއަށްފަހު އެ މަރުކަޒުގެ އަލިފާނާ ގުޅުން ހުރި ސަލާމަތީ ކަންކަމުގެ އޮޑިޓެއް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އާކުން ގޮވާލި ގޮވާލުން އަލުން ތަކުރާރުކުރަމެވެ."
Vilimale' “Kudakudhinge Hiyaa” gai alifaanuge haadhisaa eh hin’gaigen, MNDF Fire and Rescue Service in haakaaiytherive alifaan nivvaalaifi. Mi haadhisaa gai evves meehakah aniyaaeh libifaeh nuvey. Haadhisaage report MNDF FRS ah libifaivanee miadhu hen’dhunu 10:04 haairu. pic.twitter.com/kny4pfctag
— Maldives National Defence Force (@MNDF_Official) May 4, 2021
އާކުން ބުނީ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ތަކުރާރުކޮށް ހިނގަން ފަށައިފައި މިވަނީ މިފަހަކަށް އައިސް ކުޑަކުދިންގެ ހިޔާގައި އެތައް ނޭދެވޭ ކަންތައްތަކެއް ފާހަގަވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ.
"…މިކަންކަން ކުރިމަތިވަނީ މަރުކަޒަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކާހުރެކަން އާކް އިން ފާހަގަކުރަމެވެ. މީގެ ތެރޭގައި ހަރުދަނާ ގޮތެއްގައި މަރުކަޒު ހިންގުމުގައި ހުރި މައްސަލަތަކަކާއި އެކަށީގެންވާ ގޮތަކަށް ކުދިންގެ ބޭނުންތަކަށް އަޅާނުލެވުން ފަދަ މައްސަލަތައް ހުރިއިރު، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މި މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި މި ކަންބޮޑުވުންތައް އެތައް ފަހަރެއްގެ މަތިން އާކް އިން ވަނީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ."



advertisment
One Response
ކޮބާ ކަމާ ގުޅޭ މިނިސްޓަރު….ހައްތާވެސް ކެރަފާ ނަސީމު….؟