ހައިފިލް ސްޓިޗުން ކަރަންޓް ބުރުމާއެއް ވަގަށް ނަގައިފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ މި އަހަރުގެ އޭޕްރީލް 22 ވަނަ ދުވަހުގެ 08:35 އެހާކަންހާއިރު ހައިފިލްސްޓިޗުން ކަރަންޓް ބުރުމާއެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެ ތަނުގެ ތެރޭގައި، ތަންތަން ހާވަމުން އޭނާ ހިނގައެވެ. އަދި އެންމެ ފަހު މަރުހަލާގައި، އެއްލި ކަޅިއަކުން އެތަނުގައި ސީ.ސީ ކެމެރާ ހަރުކޮށްފައި ހުރިކަން އެނގެގިގެން ބަލަން ހުރެއެވެ.
"ވީމާ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485230 އެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment