Support Us

ލަންކާ ބަނދަރުގައި އޮތް ބޯޓުގައި ރޯވި ހާދިސާއާ ގުޅިގެން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ސްރީލަންކާގެ ބަނދަރުގައި އޮތް އެމް.ވީ އެކްސް-ޕްރެސް ޕަރލް ކޮންޓެއިނާ ބޯޓުގައި ފާއިތުވި ހަފުތާގައި އަލިފާން ރޯވެ، ހީނުކުރާވަރުގެ ނުރައްކާތެރި ޙާދިސާއެއް ހިނގުމާ ގުޅިގެން ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވި ދަތިޙާލަތުގެ ސަބަބުން އެމަނިކުފާނު ވަނީ އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިންޑިޔާ ކަނޑުގެ ޤައުމުތައް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަނީ ކަނޑުން ލިބޭ އާމްދަނީ އަށް ކަމަށް ވާތީ މި ޙާދިސާގެ ސަބަބުން ލިބޭނެ ގެއްލުން އަންދާޒާކޮށްލެވޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ސްރީލަންކާއަށް މި ކުރިމަތިވި ހިތާމަވެރި ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި ދިވެހިރާއްޖެ އޮތީ ސްރީލަންކާއާ އެކު ކަމަށް ރައީސުލްޖުމްހުރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މިއަދު ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވާ ދެ ޤައުމުގެ ގުޅުން މުޞްތަޤްބަލުގައިވެސް ދެމިގެން ދާނެކަން ޔަޤީންކުރައްވާކަމުގައި ބަޔާންކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް