Support Us

ސަފާރީއަކުން މާމިގިއްޔަށް އެތެރެކުރަން އުޅުނު 24 ދަޅު ބިޔަރާއެކު މީހަކު ހައްޔަރުކޮށްފި

ސަފާރީއަކުން އދ. މާމިގިއްޔަށް އެތެރެކުރަން އުޅުނު 24 ދަޅު ބިޔަރާއެކު ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާމިގިލި ޕޮލިސް ސްޓޭޝަނުން މިދިޔަ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ ހައްޔަރު ކޮށްފައިވަނީ ސަފާރީއަކުން ބިޔަރު ދަޅުތަކެއް ހިފައިގެން ޑިންގީއެއްގައި މާމިގިއްޔަށް ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިިގެން ހިންގި އޮޕަރޭޝަނުގައި އެ ޑިންގީ ބަލައިފާސްކުރަމުން ދަނިކޮށް އޭގައި ހުރި ގޯންޏެއް މޫދަށް އެއްލައިލުމުން، އެގޯނި ނަގައި ބެލިއިރު އޭގެ ތެރެއިން ބިޔަރު ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ދަޅު ފެނިގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާމިގިލި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮޕް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މައްސަލަ މާމިގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް