Support Us

ވަގަށް ނަގައިފައިވާ ގަހަނާތަކަކާއި އިލެކްޓްރޯނިކްސް ސާމާނުތަކެއްގެ ވެރިފަރާތް ހޯދަނީ

ވަގަށް ނަގައިފައިވާ ގަހަނާ ފޮއްޓަކާއި އިލެކްޓްރޯނިކްސް ސާމާނުތަކެއް ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • މެއި 19 ވަނަ ދުވަހު ގަލޮޅު އޮޓޯ ގަރާޖް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބޯޝް ބްރޭންޑްގެ ބުރުމާއެއް. އިންސިޑެންޓް ނަންބަރު 487451
  • މެއި 21 ވަނަ ދުވަހު ވަގަށް ނަގާފައިވާކަމަށް ބެލެވޭ އައި ފޯނަކާއި ޕަވަރ ބޭންކަކާއި ގަހަނާ ފޮޓެއް އަދި އަތް ދަބަހެއް. އިންސިޑެންޓް ނަންބަރު 487607
  • މެއި 22 ވަނަ ދުވަހު ހދ. އަތޮޅު ފިހާރަ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގޭސް ފުޅިއެއް. އިންސިޑެންޓް ނަންބަރު 487677
  • މެއި 23 ވަނަ ދުވަހު ފަޅުމަތީމަގު ނީލަން ފިހާރަ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފަންކާހަކާއި ޕްލާސްޓިކް ސީލަރ މެޝިނެއް. އިންސިޑެންޓް ނަންބަރު 487754
  • މެއި 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2 ބިޑި ގޯނި (ކޮންސްޓްރަކްޝަން ސައިޓްގައި ބޭނުންކުރާ ބިޑި). އިންސިޑެންޓް ނަންބަރު 487797
  • މެއި 24 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މޯބައިލް ފޯނަކާއި ހުނި ގާނާ ތިން ދަތި އަދި ފެން ކައްކާ ކުރައެއް. އިންސިޑެންޓް ނަންބަރު 487838
  • މެއި 24 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޓޫލް ބޭގަކާއި މަސްފިހާ ދަލަކާއި ދެ ވިއްސާރަ ކޯޓާއި ސްކްރީން ޕްރޮޓެކްޓަރެއް. އިންސިޑެންޓް ނަންބަރު 487827

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް