Support Us

އޮޑިޓަރ ޖެނެރަލް ‏ކަމަށް‌‎ ‌‏ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފި

‏އޮޑިޓަރ ޖެނެރަލް މަޤާމުން އިސްތިޢުފާ ދެއްވާފައިވާތީ، ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން‌‎ ‌‏މިއަދު ‌‏ހުޅުއްވާލައްވައިފިއެވެ.

‏އޮޑިޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ހަސަން ޒިޔަތު މި މަހު 12 ވަނަ ދުވަހު އިސްތިޢުފާ ދެއްވީ، އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތްކަން ހާމަވުމުންނެވެ.

އޮޑިޓަރ ޖެނެރަލްގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 65،000ރ. ލިބެއެވެ. މީގެ އިތުރުން އާއިލާގެ ހެލްތު އިންޝުއަރެންސާއި ކާރުކޮޅެއްގެ އިތުރުން ކާރުކޮޅު އެލަވަންސްގެ ގޮތުގައި މަހަކު 7،500ރ. ލިބެއެވެ.

އޮޑިޓަރ ޖެނެރަލްކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޖޫން 6 އަދި 7 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ‌‏އަދި، މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ‌‏ވެބްސައިޓުގެ އެޑްރެހަކީ ‏www.presidencymaldives.gov.mv‏ އެވެ.‏

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް