Support Us

މަސްތުވާތަކެތީގެ މައްސަލައިގައި މާފަރުން 2، ވިލިނގިލިން 1 ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ނ. މާފަރުން ދެ މީހުން އަދި ގއ. ވިލިނގިލިން އެކަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ނ. މާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 23 އަހަރާއި 26 އަހަރުގެ މީހަކު ކަނޑުމަތިން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ވަގުތު އެ މީހުންގެ އަތުން މޫދަށް އެއްލާލި ފުޅިއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

އަދި ވިލިނގިލިން 21 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނުމުން ކަމަށެވެ.

އޭގެ އިތުރުން މާލޭން ފުރައިގެން ތ. ހިރިލަންދުއަށް ދަތުރުކުރި ދޯންޏަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އެ ދޯނި ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ވަނީ ހޯދައިފައެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މި ޤަ އުމުގެ ޒުވާނަކު -/100ގެ ޕީސްގަނޑެއް ޖީބައްލައިގެން މަގުމައްޗަށް ނުކުންނަ އިރަށް އިންޓަލިޖެންސް މޮޔަވާނެ. ނަމަވެސް އިންސާނެއްގެ
    ޖާނާއި މާލަށް ގެއްލުން ދޭއިރު ދިވެހި ފުލުހުންގެ އިންޓަލިޖެންސް އޮތީ ކޮންތާކު؟ ކޮބާހޭ ޙަރަދުކުރި މީހާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް