Support Us

މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހެއްގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކ. ކާށިދޫ، އަލުންތިލަ، އަހްމަދު ސުމާޢު، 24، ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ކ. ކާށިދޫ، އަލުންތިލަ، އަހްމަދު ސުމާޢު (24އ)

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A406194

ހާޒިރުކުރެވޭ ހައިސިއްޔަތު: މަކަރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް، ސުވާލުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް، 2021 މެއި 29 ވަނަ ދުވަހުގެ 10:00 އަށް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް