އިންޓަނެޓް އަގުހެޔޮކުރުމާ ބެހޭ ގޮތުން މަނިކުފާނު އެކި ފަހަރުމަތިން ދައްކަވާފައިވާ ވާހަކަތަކުގެ މީޑިއާ ސުރުޚީތައް، މަނިކުފާނުގެ މައުލޫމާތަށްޓަކައި މިސިޓީއާއެކު ފޮނުވަމެވެ.

ތާރީޚު: 8 ޑިސެމްބަރު 2018
ސުރުޚީ: އިންޓަނެޓް އަގުހެޔޮކުރުމަށް މިދަނީ މަސައްކަތްކުރަމުން: މަލީހު

ތާރީޚު: 31 ޖެނުއަރީ 2019
ސުރުޚީ: ރާއްޖޭގައި އިންޓަނެޓް އަގުބޮޑު. އަގުހެޔޮވާންޖެހޭ: މަލީހު

ތާރީޚު: 31 ޖެނުއަރީ 2019
ސުރުޚީ: އިންޓަނެޓް އަގުހެޔޮކުރަން ކުރަންޖެހޭ ދިރާސާގެ މަސައްކަތް ފަށައިފި

ތާރީޚު: 5 ފެބުރުއަރީ 2019
ސުރުޚީ: އިންޓަނެޓް އަގުހެޔޮކުރުމުގެ މަޝްވަރާތައް ފަށައިފި

ތާރީޚު: 21 މާރިޗް 2019
ސުރުޚީ: އިންޓަނެޓް އަގުހެޔޮކުރާނީ ދެފަރާތަށް ވެސް ފައިދާވާ ގޮތަށް: މަލީހު

ތާރީޚު: 17 މޭ 2019
ސުރުޚީ: އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަކީ އަމާޒެއް: މަލީހު

ތާރީޚު: 19 މޭ 2019
ސުރުޚީ: އިންޓަނެޓްގެ އަގުހެޔޮކުރަން އިތުރު ކުންފުނިތަކަށް ޖާގަ ދޭންޖެހިދާނެ: މަލީހު

ތާރީޚު: 23 އޯގަސްޓް 2019
ސުރުޚީ: އިންޓަނެޓް އަގުހެޔޮކުރުމުގެ މަޝްވަރާތައް ނިމުނުތާ 2 މަސް ވެއްޖެ: މަލީހު

ތާރީޚު: 25 އޯގަސްޓް 2019
ސުރުޚީ: އިންޓަނެޓްގެ އަގާ ގުޅޭ ޝަކުވާތަކަށް މިނިސްޓަރުގެ ޖަވާބެއް: "އުފާވެރި ވަގުތު ކައިރިވެއްޖެ!"

ތާރީޚު: 1 އޮކްޓޯބަރު 2019
ސުރުޚީ: މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތުގެ އަގުހެޔޮކުރުން: މަލީހު

ތާރީޚު: 3 އޮކްޓޯބަރު 2019
ސުރުޚީ: އިންޓަނެޓް އަގުހެޔޮކުރާނީ 2021 ވަނަ އަހަރު

ތާރީޚު: 3 އޮކްޓޯބަރު 2019
ސުރުޚީ: އިންޓަނެޓް އަގުހެޔޮ ކުރުުމުގެ ބާރު އޮތީ ރައީސް އޮފީހުގައި: މަލީހު

ތާރީޚު: 3 އޮކްޓޯބަރު 2019
ސުރުޚީ: 5 އަހަރުގެ ޕްލޭންގައި އިންޓަނެޓް އަގުހެޔޮކުރުމަށް ނެތް
ވީމާ، ރައްޔިތުންނަށްޓަކައި އިންޓަނެޓް އަގުހެޔޮކުރުމަށް މަނިކުފާނު ވިދާޅުވަމުން ގެންދެވި ގޮތަށް ކަންކަން ނުކުރެވުމުން، ރައްޔިތުން ބޭނުންވި އެންމެ ކަމެއް ވެސް ކޮށްދެވިފައި ނުވާތީ މަނިކުފާނު ފޭލިވެއްޖެ ކަމަށް ނިންމަވައި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ މަގާމުން ވެވަޑައިގެން އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، މަނިކުފާނު އިސްތިއުފާ ދެއްވުމަކީ އެންމެ ރީތީ ގޮތް ކަމަށް ދެކޭތީ، އެ ވާހަކަ ދެންނެވީމެވެ.

