Support Us

ދިއްގަރު ރިހާކުރާ ހެދި އިޓަލީ އަންހެނަކު މޮޔަވެއްޖެ! އޭނާ ބޭނުންވަނީ އިޓަލީގައި ރިހާކުރު މާކެޓްކުރާން

ދިއްގަރު ރިހާކުރަކީ ދިވެހިންނަށް ވެސް އެންމެ ކަމުދާ ރިހާކުރެވެ. އެކަމަކު ސްޕެގެޓީ ހަދަން އެހާ މީރު އެއްޗެއް ކަމެއް މީގެ ކުރިން އަޑުއިވިފައެއް ނެތެވެ. ނަމަވެސް ރިހާކުރަކީ ސްޕެގެޓީ ހަދައިގެން ކާން ވަރަށް މީރު އެއްޗެއް ކަމަށާއި، އިޓަލީގައި ދިއްގަރު ރިހާކުރު މާކެޓް ކުރެވިދާނެ ކަމަށް ރާއްޖޭގެ ސަފާރީއެއްގައި 20 އަހަރު އުޅެފައިވާ އިޓަލީ އަންހެނަކު ބުނެފިއެވެ.

ސެލޭނާ ނަމަކަށް ކިޔާ މި މީހާ އާންމުކޮށްފައިވާ ވީޑިއޯ އިންޓަވިއުއެއްގައި ބުނީ ރިހާކުރަކީ އޭނާއަށް އަބަދުވެސް ވަރަށް މީރު އެއްޗެއް ކަމަށާއި މިއަދު މާލެ އައިސް ލޯކަލް މާރުކޭޓުން ފެނިގެން ދިއްގަރު ރިހާކުރުފުޅިއެއް ގަތީ ކަމަށެވެ.

އެ ރިހާކުރުފުޅި އަތަށް ލައިގެން، އޭގެ ވަސްބަލަމުން އިނދެ ސެލޭނާ ބުނީ "ދިއްގަރު ރިހާކުރުވަރެއް ނެތް" ކަމަށާއި އޭނާ މަސައްކަތްކުރާ ސަފާރީގައި ރިހާކުރު އަޅައިގެން ސްޕެގެޓީ ހެދުމުން ޓޫރިސްޓުން ވެސް މޮޔަވާ ކަމަށެވެ. އެހެންވެ އޭނާ ބުނީ ދިއްގަރު ރިހާކުރު އިޓަލީއަށް މާކެޓްކުރެވޭނެ ގޮތެއް ފަހިވޭތޯ އޭނާ ބަލާނެ ކަމަށެވެ.

 


ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެއެވެ. ސެޕްގެޓީއަކީ އިޓަލީގައި އެންމެ މަޝްހޫރު ކެއުމެވެ.