ކޮވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީ މާލޭ ސްކޫލްތަކުގެ ގްރޭޑު 1-6 އަށް ސްކޫލް ދެ ހަފުތާއަށް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. މި ގޮތަށް މި ނިންމީ ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ވެސް ގޭގައި ތިބެގެން އޮންލައިންކޮށް ހިދުމަތް ދޭ ގޮތަށް ސަރުކާރުން ހަމަޖެއްސުމުން ވެސް، ދަރިވަރުން ސްކޫލަށް ނެރެން އެޑިއުކޭޝަނުން ބާރުއަޅަމުންދާތީ ބެލެނިވެރިން އެކަމަށް ފާޑުކިޔަމުންދަނިކޮށެވެ.

ކޮވިޑް19ގެ ވައިރަސް ރާއްޖެއަށް ފެތުރެން ފެށުމުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މާލޭގެ ސްކޫލްތައް މިދިޔަ އަހަރު މާޗު 6ން ފެށިގެން ބަންދުކޮށްފައި އޮތުމަށްފަހު ސްކޫލްތައް އެއްކޮށް ހުޅުވީ ހުސްވި ޖަނަވަރީ މަހު 10ގައެވެ.



advertisment