Support Us

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު (ވ) އަދި ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު -ފޮޓޯ: ހެލްތް މިނިސްޓްރީ

ރޭގަނޑު 8.30 އިން ފަތިހު 4.30 އަށް ވެހިކަލް ދުއްވުން މަނާކޮށްފި

ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް ވެސް ވަނީ އަންގަވާފައި

ރޭގަނޑު 8.30 އިން ފަތިހު 4.30 އަށް ވެހިކަލް ދުއްވުން މާލެ ސަރަހައްދުގައި އަނެއްކާ ވެސް މަނާކޮށް، ކޮވިޑް-19 އަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދެ ހަފުތާ އަށް އަޅަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިއަދު ނިންމަވައިފިއެވެ.

މައިމޫނާ އަބޫބަކުރު މި ފިޔަވަޅުތައް މި އަޅުއްވަން މި ނިންމެވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް ދާންފެށުމުންނެވެ. އިއްޔެ ވެސް ވަނީ 215 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ގޮތަށް ވެސް މައިމޫނާ ވަނީ ނިންމަވައިފައެވެ.

14 ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމައިފައިވާ ފިޔަވަޅުތައް

  • މާލެ ސަރަޙައްދު (މާލެއާއި، ހު ޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލެ) ގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • މާލެ ސަރަޙައްދު (މާލެއާއި، ހު ޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލެ) ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4:30 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން.
  • ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުން. އެހެންނަމަވެސް ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި،
    ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުރިޔަށް ގެންދިޔުން.
  • ޔުނިވަރރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުން.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން އެޅުމަށް ނިންމައިފައިވާ ފިޔަވަޅުތައް

  • ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮތުން.
  • ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓައިލުން.
  • ޑޭކެއަރގެ ޚިދުމަތްދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ދިނުން ހުއްޓައިލުން.

މީގެ އިތުރުން 7 ފެބުރުވަރީ 2021 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށް މާސްކު އެޅުމަށް ވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގަވައިފައެވެ. ނަމަވެސް އަންނަނިވި ހާލަތްތަކުގައިވާ ފަރާތްތައް، ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށް ވެސް އަންގަވައިފައެވެ.

  • އުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިން.
  • ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު.
  • އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން.
  • ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *