މާފަންނު ދުވާ ޓްރެކް ކައިރި ގޯޅިއެއްގައި އޮތް ޕިކަޕެއްގެ ބެޓެރި ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައ،ި ޓްރެކްގެ އިރުމަތީ މަގުން، ދުވާލުގެ ގަޑިއެއްގައި، މާސްކު އަޅައިގެން ތިބި އެ ދެ މީހުން ހިނގައިފައި އަންނަ މަންޒަރު ފެނެއެވެ. ނަމަވެސް އޭރު އެ މީހުންގެ އަތުގައި ބެޓެރިއެއް ފެންނާކަށް ނެތެވެ.
"ވީމާ މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 465718 އެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.



advertisment