Support Us

ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ޑިސެންބަރު 5 އާ ހަމައަށް ދަމަހައްޓައިފި

މިއަދު މުއްދަތު ހަމަވާން އޮތް އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޑިސެމްބަރު 5 އާ ހަމައަށް ދަމަހައްޓައިފިއެވެ. މިއީ 12 މާރިޗު 2020 އިން ފެށިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރި ނުވަ ވަނަ ފަހަރެވެ.

"….ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، 12 މާރިޗު 2020 އިން ފެށިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، 2020 ޑިސެމްބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި، އެކަން އިޢުލާނު ކޮށްފީމެވެ." މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމު މިއަދު ނެރުއްވާފައިވާ ގަރާރެއްގައި ބުނެފައިވެއެވެ.

ކޮވިޑް19ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 786 އެކްޓިވް ކޭސް އެބަތިއްބެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގައި ތިބި 52 މީހުންނާއި އައިސޮލޭޝަން ފެސިލިޓީސްގައި ތިބި 185 މީހުން ހިމެނެއެވެ.

ކޮވިޑަށް އިއްޔެ ވަނީ 26 މީހުން ޕޮޒިޓިވްވެފައެވެ. އެއީ މާލެއިން 21 އަދި އަތޮޅުތެރެއިން ފަސް މީހުންނެވެ.

ކޮވިޑް19ގައި ރާއްޖެއިން މިހާތަނަށް 38 މީހުން ވަނީ މަރުވެފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *