Support Us

ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ސުޖާ. -ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އުތީމުގައި ބާއްވާ ޖަލްސާގެ ސްޕީޗުތަކުން "އަޅުވެތި" ފަދަ ލަފުޒުތައް އުނިކުރުމަށް އަންގައިފި: ޝުޖާއު

"ގައުމީ ދުވަހު މި ތިބެންޖެހެނީ އަޅުވެތިކަމުގެ އިހުސާސްތެރޭ"

ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި މިއަދު ބާއްވަން ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ ބޭފުޅުންނާއި ދަރިވަރުންގެ ސްޕީޗުތައް ސަރުކާރުގެ ފަރާތުން ބަލައި، "އަޅުވެތި" ފަދަ ލަފުޒުތައް ސްޕީޗުތަކުން އުނިކުރުމަށް އަންގައިފައިވާ ކަމަށް އިދިކޮޅު ޕީ.އެން.ސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙިމް ޝުޖާއު ތުހުމަތު ކުރައްވައިފިއެވެ.

މިއަދު ފާހަގަކުރާ ގައުމީ ދުވަސް، އެ ބަތޮލަކަށް ނިސްބަތްވެވަޑައިގަންނަވާ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން އުފަންވެވަޑައިގެން، އަދި ދިރިއުޅުއްވި އުތީމު ވެސް ހިމެނޭ، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ، މިއީ "ރާއްޖޭގެ ތާރީޚުގައި އަލަށް ހިނގި ކަމެއް" ކަމަށާއި މިއީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ "ސަރުކާރުގެ ގޮތެއްފޮތެއް ނެތްކަން ރަމްޒުކޮށްދޭ ކަމެއް" ކަމަށެވެ. ނަމަވެސް އުނިކުރަން އެންގީ ކޮން ބައެއްގެ ސްޕީޗެއްގެ ބައެއް ކަމެއް ޝުޖާއު ވިދާޅެއްނުވެއެވެ.

ޝުޖާއު އަދި ވިދާޅުވީ "މިއަދު ގައުމު އޮތީ އަޅުވެތިކަމެއްގައި ނޫންކަން ހާމަކޮށްދޭން ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ތުއްތު ކުދިންނަށް ވެސް މިހާރު މި ގައުމުގެ ހާލަތު އެބަ އެނގޭ" ކަމަށާއި "ގައުމީ ދުވަހު މި ތިބެންޖެހެނީ އަޅުވެތިކަމުގެ އިހުސާސްތެރޭ" ކަމަށެވެ.

އިންޑިއާ ސަރުކާރުން އެކި ވައްތަރުގެ ލޯނާއި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދީ، އެ އުޅަނދުފަހަރު އޮޕަރޭޓްކުރަން އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގެ އުތުރާއި ދެކުނުގައި ބައިތިއްބައިގެން ރާއްޖެ އަޅުވެތިކުރަން ބޮޑުވަޒީރު ނަރެންދުރަ މޯދީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ، ޝުޖާއު އާއި އޭނާ ހިމެނިވަޑައިގަންނަވާ އިދިކޮޅު ކޮންގްރެސް ކޯލީޝަނުން ދަނީ ދެ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް، އެ ތުހުމަތުތައް ދިވެހި ސަރުކާރާއި ނިއުދިއްލީން ދޮގުކުރެއެވެ.

އުތީމު ގަނޑުވަރު ކައިރީގައި ހުންނަ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި މިއަދު ހެނދުނު 9.30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގެ އެޖެންޑާގައި ވާގޮތުން، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިޚް އިމްރާން އަބްދުﷲގެ ވީޑިއޯ ޚިތާބެއް ދެއްކުމާއި، ޤައުމީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާ ދެއްވާ ތަޤްރީރު، ވީޑިއޯ މެދުވެރިކޮށް ދެއްކުން ހިމެނެއެވެ. އެއަށްފަހު ދެން އޮންނާނީ ޤައުމީ ދުވަހުގެ އުފަލުގައި އަދުގެ ޒުވާނެއްގެ އަޑު އިއްވުމެވެ. މިގޮތުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި ވަނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ ޢަލީ ސިފާމެވެ. އެއަށްފަހު ޤައުމީ ދުވަހުގެ އުފަލުގައި ދަރިވަރެއްގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުން ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވަނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޑެޕިއުޓީ ސްކޫލް ކެޕްޓަން ޝައުކާ ޝަފީޤެވެ. އެއަށްފަހު ޤައުމީ ދުވަހުގެ އުފަލުގައި ދަރިވަރެއްގެ އަޒުމް އިއްވާނީ ޣާޒީ ބަންޑާރައިން ސްކޫލްގެ ކެޕްޓަން ޢާއިޝަތު ސަފާ ޝުޖާޢުއެވެ. އެއަށްފަހު ޝަރަފްވެރި މެހެމާންގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ އެގްޒެކްޓިވް ޑިރެކްޓަރ، ހާމިދު ޔޫސުފެވެ. މި ޖަލްސާގައި އެންމެ ފަހުން ވާހަކަ ދައްކަވާނީ އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ.

އުތީމު ޖަލްސާގައި ދޭން ހަމަޖެހިފައިވާ ސްޕީޗުތަކަށް ނޭދެވޭ ނުފޫޒެއް ސަރުކާރުން ފޯރުވަން މަސައްކަތްކުރާ ކަމަށް ޝުޖާއު ކުރެއްވި ތުހުމަތަށް ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ.

ކޮވިޑް19ގެ ހޯމް ކަރަންޓީނުގައި އުތީމުގައި 16 މީހަކު މިވަގުތު އެބަތިބި ކަމަށާއި ނަމަވެސް، މިއަދުގެ ޖަލްސާ އަށް އެ ރަށަށް މާލެ އިން ހަ ބޭފުޅަކު ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެ ކަމަށް ވެސް ޝުޖާއުގެ އެހެން ޓްވީޓެއްގައި ވަނީ ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އަދި ރައްޔިތުންގެ ރައްކާތެރި ކަމަށް ނުބަލައި، ސަރުކާރުން ކޮވިޑް މެނޭޖްކުރާ ގޮތާ ބެހޭ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރަށް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް