Support Us

އެސް.ޓީ.އޯ އިން ކިރު ޕަކެޓްތަކެއްގެ ބޮޑު ސްޓޮކެއް މުއްދަތު ހަމަވެގެން ނައްތާލަނީ

އެސް.ޓީ.އޯ އަށް ގެނެސްފައި ހުރި ކިރު ޕަކެޓްތަކެއްގެ ބޮޑު ސްޓޮކެއް މުއްދަތު ހަމަވެގެން ނައްތާލަންޖެހިއްޖެއެވެ.

ދަރިވަރުންގެ ނާސްތާ ޕްރޮގްރާމްގައި ބޭނުންކުރަން މާލެ އާއި ރަށްރަށުގެ ސްކޫލްތަކަށް ވެސް އެސް.ޓީ.އޯ އިން ބެހި ޑިވޮންޑޭލްގެ 200 އެމް.އެލްގެ "ފުލް ކްރީމު މިލްކް"ގެ ގިނަ އަދަދެއްގެ ކޭސްތަކެއް، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސް.ޓީ.އޯގެ ގުދަނުން ބޭރަށް ނެރެފައި ހުރި ފޮޓޯތަކެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ޕެކެޓުތަކުގެ ބޭރުގައި ޖަހައިފައިވާ ތާރީހަށް ބަލާއިރު، އޭގެ މުއްދަތު ވަނީ މި އަހަރުގެ މޭ މަހު ހަމަވެފައެވެ.

ކޮވިޑް19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމާ ގުޅިގެން ނާސްތާ ޕްރޮގްރާމް ހުއްޓާލުމަށްފަހު ދަރިވަރުންނަށް ގޭގައި ނާސްތާ ދިނުމަށްފަހު ސްކޫލަށް ފޮނުވަން އެޑިއުކޭޝަނުން މި އަހަރުގެ ޖުލައި މަހު ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޖުލައިގައި ބައެއް ސްކޫލްތައް ހުޅުވާލި ނަމަވެސް ނާސްތާއެއް ސްކޫލްތަކުގައެއް ނުދެ އެވެ.

އެސްޓީއޯއިން ގެނެސްފައިވާ ޑިވޮންޑޭލްގެ 200 އެމް.އެލްގެ "ފުލް ކްރީމު މިލްކް" ޕެކެޓްތަކެއް، މުއްދަތު ހަމަވާން ކައިރިވެފައި ހުއްޓައި ބައެއް ސްކޫލްތަކުގައި ޖުލައި މަހު ވަނީ ބަހައިވެސްފައެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް "އަދިވެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެހެން ފަހަރުތަކަށްވުރެ ގިނައިން މިފަހަރު ކިރު ޕެކެޓްތައް އުކާލަން ޖެހުނު ކަމަށެވެ. އެކަން އެގޮތަށް ދިމާވީ ކުއްލިއަކަށް ރިސޯޓްތައް ބަންދުކުރުމާއި ސްކޫލްތަކުގައި ވެސް ނާސްތާ ޕްރޮގްރާމް ކުރިއަށް ނުގެންދާތީ ގުދަންކޮށްފައި ހުރި އެއްޗެހީގެ މުއްދަތު ހަމަވެގެން ކަމުގައި އޭނާ ވިދާޅުވިއެވެ.

 

"ގިނަ އަދަދެއްގެ ކިރު ޕެކެޓްތަކެއް ވަނީ ނައްތާލަން ޖެހިފައި. ކޮވިޑް19 އާ ގުޅިގެން މިފަހަރު އެހެން ފަހަރުތަކަށް ވުރެ ބޮޑު ޑެމޭޖެއް ވަނީ ކުރިމަތިވެފައި،" އޮފިޝަލް ވިދާޅުވި އެވެ.

މުއްދަތު ހަމަވުމުގެ ކުރިން ގިނަ އަދަދެއްގެ ކިރު ޕަކެޓްތަކެއް ސްކޫލްތަކަށާއި ކޮވިޑް ފެސިލިޓީޒްތަކަށް އަދި އެސްޓީއޯ ފިހާރައިގައި ހިލޭ ބެހި ކަމަށާއި ނަމަވެސް ކޮވިޑާ ގުޅިގެން ކަނޑު ދަތުރުފަތުރު މެދުކެނޑުމާ ގުޅިގެން ރަށްރަށަށް ގެންދަންޖެހޭ ސްޓޮކް ވެސް ގުދަނުގައި ހުރީ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މި ހުރިހާ ސަބަބުތަކާ ހުރެ ގުދަނުގައި ހުރެ ހަލާކުވި އެއްޗެހި އެހެން ފަހަރުތަކަށްވުރެ ގިނައިން މިފަހަރު ނައްތާލަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *