އައްޑޫ ސިޓީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކު ނޫން ކަމަށާއި އޭނާއަކީ މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް އޮންނަ މީހެއް ނޫން ކަމަށް ބޮންޑާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ފުލުހުން ހިނގި ބޮޑު އޮޕަރޭޝަނެއްގައި މިދިޔަ ހުކުރު ދުވަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.
ބޮންޑާގެ ވަކީލް މިހެން ވިދާޅުވީ އެ އޮޕަރޭޝަންގައި މަސްތުވާތަކެއްޗާ އެކު ބޮންޑާ ވެސް ހައްޔަރުކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ގެނެސްދީފައިވާތީ އެކަން ކުށްވެރިކުރައްވާ މިއަދު ކުރައްވާފައިވާ ޓުވީޓެއްގަ އެވެ.
ޝަމީލް ވިދާޅުވީ މަސްތުވާތަކެއްޗާ އެއްވެސް އިރެއްގައި ބޮންޑާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމުގެ ޔަގީންކަން ޝަމްވީލްގެ ފަރާތުން ދެއްވާ ކަމަށާއި މީޑިއާތަކުން ހަގީގަތާ ހިލާފަށް ހަބަރުތައް ނުފެތުރުމަށާއި ޒިންމާދާރުކަމާ އެކު ނޫސްވެރިކަން ކުރުމަށް ޝަމްވީލްގެ ފަރާތުން އެދޭ ކަމަށެވެ.
"ޝަމްވީލް ހައްޔަރުކޮށްފައިވަނީ ހިތަދޫން. އަދި ހައްޔަރުކުރިއިރު ޝަމްވީލްގެ އަތުން ނުވަތަ ގުޅުން ހުރި އެއްވެސް ތަނަކުން ވެސް މަސްތުވާ އެއްވެސް އެއްޗެއް ފެނިފައެއްނުވޭ،" ވަކީލް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ އެއްވެސް އިރެއްގައި ޝަމްވީލްއާ އެއްވެސް ގުޅުމެއް ނޯންނާނެކަމުގެ ޔަޤީންކަން ޝަމްވީލުގެ ފަރާތުން އަރުވަން.
އަދި މީޑިއާތަކުން ހަޤީޤަތާ ޚިލާފަށް ޚަބަރު ނެފެތުރުވުމަށާއި ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރެއްވުމަށް ޝަމްވީލްގެ އެދިލައްވާ@addulive @Mihaarunews @sunbrk— Ibrahim Shameel (@IbrahimShameel) October 4, 2020
ދިވެހި ފުލުހުންގެ އިންޓެލިޖެންސާއި ފުލުހުންގެ އިތުރު ޑިޕާޓްމަންޓްތައް ގުޅިގެން އައްޑޫ ސިޓީގައި ހިންގި މި ބޮޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އައްޑޫ ސިޓީގައި ފުލުހުން ހިންގި މި އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލް އޮޕަރޭޝަން ކުރިއަށް ދާތީ ކޮމިޝަނާ އަދި ފުލުހުން ވެސް އަދި ހާމަކޮށްފައެއްނުވެ އެވެ.
މި އޮޕަރޭޝަންގައި އަތުލައިގެންފައިވާ މަސްތުވާތަކެއްޗަކީ ޕާކިސްތާނުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ މަސްތުވާތަކެތި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން އެގައުމުގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ބުނެފައިވެ އެވެ.
ޕާކިސްތާނުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަނޑުމަތިން މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފައިވާ ފޮޓޯތަކާއި މަސްތުވާތަކެތި ބަލާ ގިންގީގަނޑެއްގައި ދިޔަ މީހުން އެތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ގޯނިތަކެއް ކަނޑަށް އުކާލުމުން އެ ގޯނިތައް ނެގުމަށް ދިވެހި ފުލުހުން ހަރަކާތްތެރިވާ އަޑު އިވޭ ވީޑިއޯއެއް ވެސް ޕާކިސްތާން މީޑިއާތަކުން ވަނީ އާއްމުކޮށްފައިވެ އެވެ.
ޑްރަގް ޓްރެފިކިންގެ މި އޮޕަރޭޝަން ހިންގާފައިވަނީ ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް (އޭއެންއެފް) އިން ދީފައިވާ މައުލޫމާތަކާ ގުޅިގެން ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
Masthuvaa thaketheege supply madhukurumuge masahkayi kaamiyaabu kurevenee masthuvaa thaketheege viyafaarikuraa meehunnah misarukaarun siyaasee himaayayi nudheythee. 88kg masthuvaathakethi athulaagathee fuluhunge eki fannuthakuge khaassakoh DED ge hunaraa qaabilukan beynun kohgen.
— Imran Abdulla (@ShimranAb) October 4, 2020
ދިވެހި ފުލުހުން އައްޑޫ ސިޓީގައި ހިނގި މި ބިޔަ އޮޕަރޭޝަން ކާމިޔާބީ ފާހަގަކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ 88 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މި އޮޕަރޭޝަންގައި އަތުލައިގަނެވިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަން މިހާ ކާމިޔާބު ކަމާ އެކު ކުރިއަށްގެންދެވުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މިސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.



advertisment