ދަތުރުކުރި އުޅަނދަކަށް ހަމަލާދީ ހުރުމުޒު ކަނޑުއޮޅީގެ މަސްރަހު އީރާނުން ހޫނުކޮށްލައިފިއެވެ.
މި ކަމުގެ ސަބަބުން ދުނިޔޭގައި ތެޔޮ ފޯރުކޮށްދިނުމާއި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށް އޮތް ކަންބޮޑުވުންތައް އިތުރުވެއްޖެއެވެ.
ސިންގަޕޫރުގެ ދިދައިގައި ދަތުރުކުރި ކޮންޓޭނަރު އުފުލާ ބޯޓު "ޖީ.އެފް.އެސް ޕްރައިޑަ"ށް އަންގާރަ ދުވަހު ދިން ހަމަލާގައި އެ އުޅަނދުގައި ރޯވިނަމަވެސް ފަޅުވެރިންވަނީ ސަލާމަތްކޮށްފައެވެ.
އިނގިރޭސިވިލާތުގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާތަކުން ބުނީ ކޮން ތާކުން ފޮނުވައިލިކަން ނޭނގޭ ޕްރޮޖެކްޓައިލްތަކުން ހަމަލާދީފައިވާކަމަށެވެ.
"ޖީ.އެފް.އެސް ޕްރައިޑް ފެތުނީ ޤާނޫނާ ހިލާފު އަދި ނުރައްކާތެރި މަގަކުން ދަތުރުކުރަނިކޮށް ކަނޑުއަޑީގެ މައިނެއްގައި ޖެހިފައި،" އީރާނުގެ އިސްލާމީ އިންގިލާބީ ލަޝްކަރުން ބުންޏެވެ.
މި ދިޔަ ފެބްރުއަރީގައި އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރައިމައިގައި އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ތިބި ތިބުން އެމެރިކާއިން ދަމަހައްޓަމުންދާއިރު އީރާނުންވަނީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފުޅާކޮށް، އާ އުކުޅުތައް ބޭނުންކުރަން ފަށައިފައެވެ.
"ހުރުމުޒު ކަނޑުއޮޅި ކޮންޓްރޯލްކުރަމުންދަނީ އެމެރިކާގެ ސިފައިންނާއި ސަރަހައްދީ ބައިވެރިން،" އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.
ކަނޑުދަތުރުފަތުރަށް ނުރައްކާތައް ކުރިމަތިވަމުންދިޔަނަމަވެސް މިއަދު ބްރެންޓް ކުރޫޑް ތެލުގެ އަގުވަނީ ގާތްގަނޑަކަށް ދެ ޕަސެންޓް ދަށަށް ގޮސްފައެވެ. އެ ގޮތުން އެ މިންގަނޑުން ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 103.78 ޑޮލަރު (1،600.29ރ.)ގައެވެ.



advertisment