Support Us

ސައޫދީ އަރަބިއްޔާގެ ދައްމާމް ސަހަރުގައި ހުންނަ ރަސްގެފާނު ފަހުދަށް ނިސްބަތްވާ ބައިނަލްއަގުވާމީ ވައިގެ ބަނދަރު

ރިޔާޒް އެއާޕޯޓަށް އަނެއްކާވެސް ހަމަލާ، ހޫތީން ހަނގުރާމަ ފުޅާކުރަނީ

ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގެ ރަސްގެނާފު ހާލިދަށް ނިސްބަތްވާ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އަނެއްކާވެސް ހަމަލާދީ ޔަމަންގެ ހޫތީން ހަނގުރާމަ ފުޅާކުރަން ފަށައިފިއެވެ.

ހޮނިހިރު ދުވަހު ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު އިއްޔެ ދިން ހަމަލާގައި އެކަކު މަރުވެ 11 މީހުން ޒަހަމްވިއެވެ.

ދައްމާމް ސިޓީގައި ހުންނަ ރަސްގެފާނު ފަހުދަށް ނިސްބަތްވާ ބައިނަލްއަގުވާމީ އެއާޕޯޓަށްވެސް ހޫތީން އިއްޔެ ހަމަލާދިނެވެ.

ޔަމަންގެ އަހުލީ ހަނގުރާމަ ވަރުގަދަވަމުންދާ މި ދަނޑިވަޅުގައި ހޫތީން ބުނީ ސައޫދީއަށް ދެމުންދާ ހަމަލާތައް އިތުރުކޮށްފާނެކަމަށެވެ.

އީރާނަށް ތާއީދުކުރާ، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުނުކުރާ ހޫތީންގެ ސަރުކާރު ވައްޓައިލަން، ޔަމަންގެ އަހުލީ ހަނގުރައިމައިގައި، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރާ ޔަމަންގެ ސަރުކާރަށް އެހީވަމުންދާ ސައޫދީގެ އިއްތިހާދުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީވަނީ އެއާޕޯޓަށް ދިން ހަމަލާއަކީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"ވަރުގަދަ ރައްދެއް ދޭނަން،" އޭނާ ބުންޏެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުނީ އެއާޕޯޓްތަކަށާއި ތެޔޮ އުފައްދާ ވަސީލަތްތަކަށް ދިން ހަމަލާތައް ހިމެނޭހެން އެތައް ހަމަލާއެއްގެ ޒިންމާ އުފުލައިކަމަށާއި އެއީ ޔަމަނަށް ސައޫދީން ދެމުންދާ ވައިގެ ހަމަލާތަކުގެ ބަދަލުގައި ދިން ހަމަލާތަކެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *