Support Us

ތުރްކިޔެގެ ރައީސް ރަޖަބު ތޮއްޔިބު އުރްދުގާން (ވ-5)، ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން (މ) އަދި ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފު (ކ-5) އެ ބޭފުޅުންގެ ހާރިޖީ އަދި ދިފާއީ ވަޒީރުންނާއެކު، ސައޫދީ އަރަބިއްޔާގެ މައްކާގައި މި ދިޔަ އޮގަސްޓް ހަތެއްގައި މައްކާ މުއާހަދާގައި ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގަންނަވަނީ

ހޫތީންގެ ހަމަލާތަކާ ދެކޮޅަށް މައްކާ މުއާހަދާއަށް އަމަލުކުރަން ފަށައިފި

އީރާނުން ވާގިވެރިވާ ޔަމަންގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ވަރުގަދަވަމުންދާތީ ސައޫދީ، ޕާކިސްތާން އަދި ތުރްކިޔެއިން މައްކާ މުއާހަދާއަށް އަމަލުކުރަން ފަށައިފިއެވެ.

"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ނުވަތަ މި ދިޔަ އޮގަސްޓް ހަތެއްގައި މައްކާގައި ސޮއިކުރި، އާއްމު ނަމުން މައްކާ މުއާހަދާ ކިޔާ އެއްބަސްވުމަށް އަމަލުކުރަން ފަށައި، ސައޫދީއަށް އަސްކަރީ ފައުޖުތަކާއި ވަސީލަތްތައް އަވަސްކަމާއެކު ފޮނުވުމަށް ތުރްކިޔެ އަދި ޕާކިސްތާނުން އިއްޔެ އެއްބަސްވިއެވެ.

ސައޫދީގެ ވެރިރަށް ރިޔާޒްގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި ތިން ގައުމުންވަނީ، ސައޫދީގެ ސަހަރުތަކަށާއި އާންމު ވަސީލަތްތަކަށާއި އަދި މުގައްދަސް ބިންތައްކަމަށްވާ މައްކާ އާއި މަދީނާއަށް ހޫތީން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ.

ތިން ގައުމުގެ އިއްތިހާދުން "ނުރައްކާތަކާ ކުރިމަތިލުމުގައި އެކުވެރި ގުޅުމެއް" ގާއިމުކޮށް، އެކުވެރި ދިފާއީ ބާރު ވަރުގަދަކުރާނެކަމަށް، ތިން ގައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުންޏެވެ.

"ހަމަލާތަކާއި އެ ކަމުގައި ޒިންމާވާ ފަރާތްތަކާ ދެކޮޅަށް އެކުވެރި ދިފާއީ ފިޔަވަޅުތަކަށް އަމަލުކުރުމަށް އަހަރެމެން އެއްބަސްވެއްޖައިން،" ސައޫދީގެ ދިފާއީ ވަޒީރު ޝެހެޒާދު ހާލިދު ބިން ސަލްމާން ވިދާޅުވިއެވެ.

"ޕާކިސްތާނާއި ތުރްކިޔެގެ ފައުޖުތަކުން މި ވަގުތު އަދާކުރަނީ އެހީތެރިވެދިނުމުގެ ދައުރެއް. ހަނގުރާމައިގެ އޮޕަރޭޝަންތައް ހިންގަމުންދަނީ ސައޫދީ ސިފައިން،" ޕާކިސްތާންގެ ދިފާއީ ވަޒީރު ހަވާޖާ އާސިފު ވިދާޅުވިއެވެ.

މައްކާ މުއާހަދާގައި ބުނަނީ އެއް ގައުމަށް ދޭ ހަމަލާ ބަލާނީ ތިން ގައުމަށްވެސް ދޭ ހަމަލާގެ ގޮތުގައިކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *