Support Us

އުތުރު ކޮރެއާގެ އިތުރު 10،000 ސިފައިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަކުރަން ފޮނުވަނީ

ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިންކުރަމުންދާ ހަނގުރައިމައިގައި ރަޝިޔާއަށް އެހީވުމަށް އުތުރު ކޮރެއާއިން އިތުރު 10،000 ސިފައިން ރަޝިޔާއަށް ފޮނުވަން ހަމަޖައްސައިފިކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ހަނގުރައިމައިގައި ރަޝިޔާއަށް އެހީވުމަށް ރަޝިޔާގައި މިހާރުވެސް އުތުރު ކޮރެއާގެ 8،000 އަށްވުރެ ގިނަ ސިފައިން އެބަތިއްބެވެ.

"ރަޝިޔާއިން ދަނީ އުތުރު ކޮރެއާ ސިފައިންނަށް ހަނގުރާމަކުރާނެ ގޮތް ދަސްކޮށްދީ، އެ ގައުމުގެ ހަތިޔާރުތައް ތަރައްގީކޮށް، ހަނގުރައިމައިގެ އަމަލީ ތަޖުރިބާ ހޯދައިދެމުން. މި ކަމަކީ ހަމައެކަނި ޔޫކްރެއިނަށް އޮތް ނުރައްކަލެއް ނޫން،" ޔޫކްރެއިންގެ ރައީސް ވޮލޮޑިމީއާ ޒެލެންސްކީ (ފޮޓޯ) ވިދާޅުވިއެވެ.

ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ ޖަމިއްޔާ ނޭޓޯއިންވެސްވަނީ ކަންބޮޑުވުން ފާޅުކޮށް، އުތުރު ކޮރެއާގެ ސިފައިން ރަޝިޔާގައި ތިބިކަން ކަށަވަރުކޮށްދީފައެވެ.

"އުތުރު ކޮރެއާގެ ސިފައިން ރަޝިޔާއަށް ފޮނުވައިފައިވާކަމާއި، އެ ގައުމުގެ އަސްކަރީ ޔުނިޓްތައް ރަޝިޔާގެ ކާސްކް ސިޓީގައި ހަރަކާތްތެރިވަމުންދާކަން މިއަދު އަހަރެންނަށް ކަށަވަރުކޮށްދެވޭނެ،" ނޭޓޯގެ އަމީންއާއްމު މާކް ރުޓްއަ ބުންޏެވެ.

މި ހަނގުރައިމައިގެ ތެރެއަށް އުތުރު ކޮރެއާގެ ސިފައިން ވަނުމަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފަން ހަނގުރާމަ ފެށީ މީގެ ހަތަރު އަހަރު ކުރިންކަމަށްވިޔަސް މީގެ 12 އަހަރު ކުރިން ރަޝިޔާއިންވަނީ ޔޫކްރެއިންގެ ކްރައިމީއާ ޕެނިންސިއުލާ ހިފައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *