Support Us

ހުސްއަތާ އެކަކު އިމާރާތަށް އަރަމުންދާއިރު (ވ) އަނެކަކު ހަރުގަނޑުން އަރަނީ

ހުސްއަތާ ދެވަނަ ބުރިއަށް އަރައި ބެލްކަނިން ވެއްޓެން އުޅުނު ކުއްޖަކު ސަލާމަތްކޮށްފި

ތުރްކިޔެގެ މީހުން ދިރިއުޅޭ ފަސް ބުރީގެ އިމާރާތެއްގެ ތިންވަނަ ބުރިން ވެއްޓެން އުޅުނު އަންހެންކުއްޖަކު، އޭނާގެ އަވަށްޓެރިއަކު ހުސް އަތާ އިމާރާތުގެ ބޭރުން ދެވަނަ ބުރީގެ ބެލްކަންޏަށް އަރައި އޭނާ ސަލާމަތްކޮށްފިއެވެ.

ދިޔަރްބަކިރް އަވަށުގައި އިއްޔެ ހިނގި ހާދިސާގައި އަވަށްޓެރިއަކު ނަގައިފައިވާ ވީޑިއޯއަކުން ފެންނަނީ ތިންވަނަ ބުރީގެ ބެލްކަނީގެ ބޭރުގައި، ދެވަނަ ބުރީގެ ބެލްކަނީގެ ރެއިލިންގައި ކުއްޖާ ފައި އަޅައިގެން ހުއްޓަސް، އަދި އޭނާގެ ތިމާގެ މީހުން ތިންވަނަ ބުރީގެ ބެލްކަނީގައި ތިބެގެން އޭނާގެ ދެ އަތުގައި ހިފަހައްޓައިގެން ހުއްޓަސް، އެ ކުއްޖާ ތިންވަނަ ބުރީގެ ބެލްކަންޏަށް ނެގޭނެ ގޮތެއް ނެތިފައި ތިއްބައެވެ. އަދި އެ ހާލުގައި އެ ކުއްޖާއަށް ދެވަނަ ބުރީގެ ބެލްކަނި ތެރެއަށް ފޭބޭނެ ގޮތެއްވެސް ނެތެވެ.

ތުރްކިޔެގެ މީޑިއާއިން ބުނީ އެއް އަވަށްޓެރިއަކު، ޖެހިގެން ހުރި އިމާރާތުން، ހަރުގަނޑަކުން ދެވަނަ ބުރީގެ ބެލްކަންޏަށް އަރަނިކޮށް، އޭނާއަށްވުރެ ކުރިން އެހެން އަވަށްޓެރިއަކު ހުސްއަތާ އިމާރާތުގެ އަނެއް ފަރާތުން، ބެލްކަނިތަކުގެ ރެއިލިންތަކުގައި ހިފަހައްޓައިގެން ދެވަނަ ބުރީގެ ބެލްކަންޏަށް އެރީކަމަށެވެ.

ވީޑިއޯގައި ފެންނަނީ އެ އަވަށްޓެރިޔާ ދެވަނަ ބުރީގެ ބެލްކަންޏަށް އަރައި، ކުއްޖާގެ ގައިގައި ހިފައި ބެލްކަނީގެ އެތެރެއަށް ބާލައި މަންޒަރެވެ. އެ ވަގުތު ހަރުގަނޑުން އެރި އަވަށްޓެރިޔާވެސް އެ ކުއްޖާ ދެވަނަ ބުރީގެ ބެލްކަންޏަށް ވައްދަން ކުއްޖާގެ ގައިގައި ހިފަހައްޓައިދެއެވެ.

ކުއްޖާ ބެލްކަނިން ވެއްޓެން އުޅުނު ސަބަބު އަދި ނޭނގޭކަމަށް ތުރްކިޔެގެ މީޑިއާއިން ރިޕޯޓްކުރިއެވެ. އަދި މި ހާދިސާގައި ހިމެނޭ އެއްވެސް މީހަކާ ބެހޭ ޒާތީ މައުލޫމާތުވެސް ރިޕޯޓްކޮށްފައެއް ނެތެވެ.

"ކުއްޖާ ވެއްޓެން އުޅެން ކުރިމަތިވި ސަބަބު ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުން،" ތުރްކިޔެގެ ނޫހަކުން ބުންޏެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ތިންވަނަ ބުރީގައި ކުއްޖާގެ ފައި ކައްސައިލުމުން ބެލްކަނީގެ ރެއިލިންއިން ބޭރަށް އޭނާ ވެއްޓެން އުޅުނީއެވެ. އަދި އެ ވަގުތު ބެލްކަނީގައި ތިބި އޭނާގެ ތިމާގެ މީހުންނަށް އޭނާގެ އަތުގައި ހިފެހެއްޓުނެވެ. ނަމަވެސް އަލުން ބެލްކަންޏަށް އެރުވޭނެ ގޮތެއް ނެތި، ކުއްޖާ އަތުން ދޫވެދާނެކަމަށް ފެނުމުން، އެއް އަވަށްޓެރިޔަކު ހުސްއަތާ އަދި އަނެއް އަވަށްޓެރިޔަކު ހަރުގަނޑުން ދެވަނަ ބުރީގެ ބެލްކަންޏަށް އެރީއެވެ.

"ބައެއް މީހުން ހަރުގަނޑެއް ހޯދަން އުޅުނަސް، ހުސްއަތާ އެރި މީހާ ހަރުގަނޑެއް ލިބޭތޯ މަޑުނުކޮށް ބެލްކަނިތަކުގެ ރެއިލިންގައި ހިފަހައްޓައިގެން ދެވަނަ ބުރީގެ ބެލްކަންޏަށް އެރީ،" މަންޒަރު ދުށް މީހަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *