Support Us

ޒުހްރާން މަމްދާނީ (ކ) އަދި އަމެޑޭއޯ ފޫސްކާ

މަމްދާނީއާ ސިފަ ވައްތަރު މީހަކު ހޮވާ މުބާރާތް ކާމިޔާބުކުރީ އަނެއްކާވެސް އެކްޓަރު ފޫސްކާ

އެމެރިކާގެ އެންމެ ބޮޑު ސިޓީކަމަށްވާ ނިއު ޔޯކްގެ މޭޔަރު ޒުހްރާން މަމްދާނީއާ ސިފަ ވައްތަރު މީހަކު ހޮވާ މުބާރާތް މި އަހަރުވެސް ކާމިޔާބުކުރީ އެކްޓަރު އަމެޑޭއޯ ފޫސްކާއެވެ.

ފޫސްކާއަކީ އުމުރުން 40 އަހަރުގެ އެމެރިކާގެ ރައްޔިތެކެވެ.

އުމުރުން 34 އަހަރުގެ މަމްދާނީގެ އަތުގައި ޔުގެންޑާ އާއި އެމެރިކާގެ ރައްޔިތުކަން އޮވެއެވެ. މަމްދާނީއަކީ އިންޑިއާ ދަރިކޮޅުގެ މުސްލިމް ބައްޕައަކާއި ހިންދޫ މަންމައެއްގެ ދަރިއެކެވެ.

މި ދިޔަ ޖެނުއަރީގައި މޭޔަރުގެ މަގާމާ ހަވާލުވި މަމްދާނީއާ ސިފަ ވައްތަރު މީހަކު ހޮވަން މި ދިޔަ އަހަރު މުބާރާތް ބޭއްވީ އޭނާ ކެމްޕޭންގައި އުޅެނިކޮށް އޭނާގެ ކެމްޕޭންގައި މަސައްކަތްކުރި މީހުންނެވެ. މި ފަހަރުގެ މުބާރާތް އިންތިޒާމްކުރީ ޖެން ޒީ ޖީލުގެ ޒުވާނުން ރަހްމަތްތެރިން ހޯދުމަށް އެހީވެދޭ ސޯޝަލް މީޑިއާ އެޕް ސޮންޑާ އުފެއްދި ފަރާތްތަކުންނެވެ.

މި ދިޔަ އަހަރު އަދި މި އަހަރުވެސް މި މުބާރާތާމެދު މަމްދާނީ އެއްވެސް އެއްޗެއް ނުބުނެއެވެ. ގެދޮރުވެރިކަމާއި އިގުތިސާދީ އިސްލާހުތަކަށް މަސައްކަތްކުރުމުގައި އުޅޭ، އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްކަމަށްވާ މަމްދާނީއަކީ ސޯޝަލް މީޑިއާގެ އަހުލުވެރިންނާއި ޒުވާނުންގެ މެދުގައި މަގުބޫލު ޝަހްސިއްޔަތެކެވެ. މި ފަހަރުގެ މުބާރާތުގައި ފަނޑިޔާރުކަންކުރަން ވޮޝިންޓަން ސްކްވެއާ ޕާކަށް 200 އެއްހާ އާއްމުން ޖަމާވިއެވެ.

ހެއާސްޓައިލާއި ތުނބުޅި އާއި މަތިމަސްވެސް މަމްދާނީ ގޮތަށް ހަދައިފައިވާ ފޫސްކާ މި ފަހަރުގެ މުބާރާތްވެސް އިއްޔެ ކާމިޔާބުކުރުމުން 100 ޑޮލަރު (1،542ރ.) އިނާމެއްގެ ގޮތުގައި އޭނާއަށް ދިނެވެ.

އިއްޔެގެ މުބާރާތް ކާމިޔާބުވުމުން އަމެޑޭއޯ ފޫސްކާ އުފާ ފާޅުކުރަނީ

މި ފަހަރުގެ މުބާރާތުގައި ނުވަ މީހުން ވާދަކުރިއެވެ. އެ މީހުން ތިބީ މަމްދާނީ ހެދުން ލައި ގޮތަށް ހެދުން ލައިގެންނެވެ.

މުބާރާތުގައި ސުވާލުކުރީ އެންމެ ކަމަކާއެވެ. އެއީ ވާދަވެރިންނަށް އެންމެ މީރީ ކޮން ޕީޓްސާއެއްތޯއެވެ. މުބާރާތް ކާމިޔާބުކުރީ ވާދަވެރިން ދިން ޖަވާބުގެ ތެރެއިން އެއްވެފައި ތިބި އާއްމުން އެންމެ ތަރުހީބު ދިން ޖަވާބު ދިން މީހާއަށެވެ. މި ފަހަރުވެސް އެ މީހަކަށްވީ ފޫސްކާއެވެ.

އިއްޔެގެ މުބާރާތުގައި އަމެޑޭއޯ ފޫސްކާ އަދި އޭނާއާ ވާދަކުރި މީހުން

ފޫސްކާވަނީ މަމްދާނީ ހެދިގެން އެތައް ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ލައިފައެވެ. އެ ވީޑިއޯތަކަށް އެތައް މިލިއަން ވިއޫސްވެސްވަނީ ލިބިފައެވެ.

"އަހަރެން މަމްދާނީ ސްޓައިލަށް ހުންނާތީ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ،" ފޫސްކާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް