Support Us

ޗައިނާގެ ވެރިރަށް ބެއިޖިންގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސް ކުޅިވަރު މުބާރާތުގައި ރޮބޮޓްތައް އިއްޔެ ދުވަނީ

ޔޫސެއިން ބޯލްޓްގެ 100 މީޓަރު ދުވުމުގެ ރެކޯޑު ދެ ރޮބޮޓެއް މުގުރައިލައިފި

ޖަމޭކާގެ ޔޫސެއިން ބޯލްޓްގެ 100 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑު ޗައިނާގެ ދެ ރޮބޮޓެއް މުގުރައިލައިފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި، އިންސާނުންގެ ބައްޓަމަށް ނުވަތަ "ހިއުމަނޮއިޑް" ގޮތަށް ހަދައިފައި ހުންނަ ރޮބޮޓް ހިމަނައިގެން ބުދަ ދުވަހާ ހަމައަށް ކުރިއަށްގެންދާ، ދެވަނަ ފަހަރަށް ބާއްވާ ދުނިޔޭގެ ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސް ކުޅިވަރު މުބާރާތުގެ ޓެސްޓް ދުވުމެއްގައި "ލައިޓްނިން"ގެ ނަން ދީފައިވާ ރޮބޮޓެއް އިއްޔެ ވަނީ 9.32 ސިކުންތުން ރޭސް ނިންމައިފައެވެ. ބޯލްޓް 2009 ގައި ރެކޯޑު ގާއިމުކުރީ 9.58 ސިކުންތުން ދުވެގެންނެވެ. ލައިޓްނިން ދުވުނީ ސިކުންތަކު 14.5 މީޓަރުގެ ދުވެލީގައެވެ.

ރަސްމީ މުބާރާތުގެ ޕްރިލިމިނަރީ ހީޓްގައި "ޓިއަންގޮން އަލްޓްރާ"ގެ ނަން ދީފައިވާ ރޮބޮޓެއް އޭތީގެ ހީޓް ކާމިޔާބުކުރީ 9.39 ސިކުންތުންނެވެ. ލައިޓްނިންއަށް ނިންމައިލެވުނީ 9.47 ސިކުންތުންނެވެ. އެހެންކަމުން، ދެ ރޮބޮޓަށްވެސް ބޯލްޓްގެ ރެކޯޑު މުގުރައިލެވުނެވެ.

ސޯޅަ ގައުމުގެ 666 ޓީމުން މި ފަހަރުގެ މުބާރާތުގައި 2،000 އަށްވުރެ ގިނަ ރޮބޮޓް ބައިވެރިކޮށްފައިވެއެވެ.

"މި ދިޔަ އަހަރު ސުވާލަކަށްވީ ރޮބޮޓަށް ދުވުމުގެ ގާބިލުކަން ލިބިގެންވޭތޯ. މި އަހަރު ސުވާލަކަށްވީ އެ ތަކެއްޗަށް ރޭސް ކާމިޔާބުކުރެވިދާނެތޯ،" ބެއިޖިންގެ އިޖުތިމާއީ އިލްމާ ބެހޭ އެކަޑެމީ، ބެއިޖިން އެކަޑެމީ އޮފް ސޯޝަލް ސައިންސަސްގެ އެސޮސިއޭޓް ރިސާޗް ފެލޯ ވޮންގް ޕެންގް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *