Support Us

ރަޔަން ގޮސްލިން (ވ) އަދި ފްލިން ގްރޭ "ސްޓާ ވޯސް: ސްޓާފައިޓާ" ސެޓްގައި

ރަޔަން ގޮސްލިން- އެއް ސްޕޭސް ފިލްމުން އަނެއް ސްޕޭސް ފިލްމަށް

ރަޔަން ގޮސްލިންގެ ކެރިއަރުގައި މި އަހަރު ރިލީޒްކުރި "ޕްރޮޖެކްޓް ހެއިލް މޭރީ"އަކީ ސްޕޭސްގައި ހިނގާ ހާދިސާތަކެއް ދައްކުވައިދީފައިވާ، ސައިންސް ފިކްޝަން ފިލްމަށް ލޯބިކުރާ މީހުންނަށް މަގުބޫލު ފިލްމަކަށްވިއެވެ.

އޭނާ އަނެއްކާވެސް ފެންނާނީ ސްޕޭސް ފިލްމަކުންނެވެ. އެއީ "ސްޓާ ވޯސް" ފްރެންޗައިޒްގެ ފިލްމް "ސްޓާ ވޯސް: ސްޓާފައިޓާ"އެވެ.

މި ފިލްމްގެ ފުރަތަމަ ފުޓެޖް މިއަދު ވަނީ ދައްކައިލައިފައެވެ. އެއީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި ޑިސްނީ ސްޓޫޑިއޯއިން ބޭއްވި ޑީ23 އިވެންޓްގައެވެ. އެއީ ފޭނުންނަށް ހާއްސަ ހަފުލާއެކެވެ.

ފިލްމް ރިލީޒްކުރާނީ އަންނަ އަހަރު މޭ 28 ގައެވެ. އެއީ "ސްޓާ ވޯސް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމް "ސްޓާ ވޯސް" ރިލީޒްކުރި ތާރީހުގެ ސީދާ 50 އަހަރު ފަހުންނެވެ.

ފިލްމްގައި ދައްކައިދެނީ ގޮސްލިން ޕައިލެޓެއްގެ ރޯލު އަދާކުރަމުން، މަޑިކިލަނބެއްގެ ދަތުރެއްގައި ކުޑަ ފިރިހެން ކުއްޖަކު ސަލާމަތްކުރާ ގޮތެވެ. ކުއްޖާގެ ބައި ކުޅެނީ ފްލިން ގްރޭއެވެ.

"ސްޓާ ވޯސް: ސްޓާފައިޓާ"ގައި ދައްކަނީ "ސްޓާ ވޯސް: ދަ ރައިސް އޮފް ސްކައިވޯކާ"ގައި ހިނގާ ހާދިސާތަކުގެ ފަސް އަހަރު ފަހުން ހިނގާ ކަންތައްތަކެކެވެ. އަދި މިއީ ފްރެންޗައިޒްގެ އެހެން ފިލްމަކާ ނުގުޅޭ ސްޓޭންޑްއެލޯން ވަކި ވާހަކައެކެވެ. ފިލްމް ޑިރެކްޓްކުރަނީ ޝޯން ލެވީއެވެ.

"އާ 'ސްޓާ ވޯސް' ވާހަކައެއް ގޮސްލިންއާއެކު ކިޔައިދޭން އަހަރެން މި ހުރީ އުފަލުން،" ލެވީ ބުންޏެވެ.

"އަހަރެންނަށް ހީވަނީ 'ސްޓާ ވޯސް: ސްޓާފައިޓާ’ގައި އަހަރެން ކުޅޭ ރޯލަކީ އަހަރެން މިހާތަނަށް ކުޅޭ އެންމެ ހިތްވަރުގަދަ މީހާގެ ރޯލު ކަންނޭނގެ،" ގޮސްލިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *