Support Us

މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު ސަލާމަތް ކުރެވުނު މީހަކު ސްޓްރެޗަރުގައި ބޯޓަކަށް އަރުވަނީ (ވަކި ފޮޓޯގައި)

ފެތުނު ފެރީން ސަލާމަތްވި ބައެއް މީހުން ތިބީ މަސް ކޮށްޓެއްގައި ހިފަހައްޓައިގެން

މީގެ ހަފުތާއެއް ކުރިން އިންޑޮނޭޝިއާގެ ސުލަވެސީ ޖަޒީރާގެ އައްސޭރިފަށުން ފެތުނު ފެރީ، ކޭ.އެމް. ނޫރުލްސަލްސާއިން ދަތުރުކުރި ބައެއް މީހުން މިހާރު ސަލާ،މަތްކުރެވެން ފަށައިފައިވާ ކަމަށާއި އޭގެ ތެރެއިން ފަސް މީހުން ތިބީ ކަނޑުމަތީގައި އޮތް މަސް ކޮށްޓެއްގައި ހިފަހައްޓައިގެން ކަމަށް އޮފިޝަލުން ބުނެފިއެވެ. އޭގެ ތެރޭގައި އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކު ހިމެނެއެވެ.

އެކަކު މަރުވި ހާދިސާގައި ގެއްލުނު އުމުރުން 46 އަހަރުގެ މަންމައަކާއި އޭނާގެ އުމުރުން 24 އަހަރުގެ ފިރިހެން ދަރިފުޅު ފެނުނީ އެކަހެރިކޮށް އޮންނަ ރަށެއް ކަމަށްވާ ބަލަލޯހޯއަށް އަރައި ތިއްބައެވެ.

ފަޅުވެރިންނާއެކު 78 ފަސިންޖަރުން ދަތުރުކުރި ފެރީ އަޑިއަށް ދިޔަ ދުވަހު 47 މީހުން ސަލާމަތްކުރެވުނެވެ.

އިންޖީނު ހުއްޓިފައި އަޑިއަށްދިޔަ ފެރީން ގެއްލުނު ވިހި މީހުން އަދިވެސް ނުފެނެއެވެ. އެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެއީ ކަނޑާއި ވައި ގަދަ ވިޔަސް މެއެވެ.

"ގަދަ ވަޔާއި ދެ ތިން މީޓަރު އުސް ރާޅުތަކާ، މީހުން ސަލާމަތްކުރާ ޓީމުތަކަށް ކުރިމަތިލާން ޖެހިފައިވޭ،" މަކައްސަރު ސިޓީގެ ކުއްލި އެހީ ދޭ ޓީމުގެ ވެރިޔާ އަންދީ ސުލްތާން ބުންޏެވެ.

ސަލާމަތްކުރެވުނު މީހުން ސަލާމަތްވިއިރު ތިބީ ގައިން ވަރުދޫވެފައި ކަމަށާއި ސަލާމަތް ކުރެވެންދެން އެ މީހުން ކައި އުޅުނީ އިންސްޓެންޓް ނޫޑްލްސް އާއި ބިސްކޯދު ކަމަށް އޮފިޝަލުން ބުންޏެވެ.

އަންދީ ބުނީ މީހުން ހޯދުމުގެ މަސައްކަތުގައި 200 މީހުން އުޅޭ ކަމަށެވެ. ސިފައިންނާއި ފުލުހުންނާއި މަސްވެރިންނާއި އަދި އާއްމުން ވެސް އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ބުންޏެވެ.

އިންޑޮނޭޝިއާގައި 17،000 އަށްވުރެ ގިނަ ޖަޒީރާ އޮންނާތީ ފެރީ ބޯޓުތަކަކީ އެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް ކޮންމެހެން މުހިންމު އުޅަނދުފަހަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *