Support Us

ހުރުމުޒު ކަނޑުއޮޅީގައި އުޅަނދުތަކެއް

އީރާން- އެމެރިކާ 10 ދުވަހުގެ ސީޒްފަޔާއެއް ގާއިމުކުރަން މަސައްކަތްކުރަނީ

އީރާނާއި އެމެރިކާއާ ދެމެދު 10 ދުވަހުގެ ސީޒްފަޔާއެއް ގާއިމުކުރަން، ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރަން މަސައްކަތްކުރާ ގައުމުތަކުން މަސައްކަތް ފަށައިފިއެވެ.

ގަތަރު، އުމާން، މިސްރު އަދި ޕާކިސްތާނުން މި މަސްކަތް ފެށީ އެމެރިކާއިން އީރާނަށް ކެނޑިނޭޅި ހަމަލާދޭތާ މިހާރު 10 ދުވަސް ވެފައިވަނިކޮށެވެ.

ހަތަރު މީޑިއޭޓަރުން ބުނީ ބޭނުމަކީ ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓައިލަން މި ދިޔަ މަހު އީރާނާއި އެމެރިކާއިން ސޮއިކުރި ސުލްހައިގެ ފަހުމްނާމާގެ ދަށުން އަމަލުކުރާން ގޮތްތައް ކަނޑައަޅަން އަލުން ދެ ގައުމުގެ ދެމެދުގައި ވާހަކަތައް ފެށުން ކަމަށެވެ.

"ދިހަ ދުވަހުގެ ސީޒްފަޔާއެއް ގާއިމުކުރަން މީޑިއޭޓަރުންގެ ހުށަހެޅުން އަހަރެމެންނަށް ލިބިފައިވޭ. އެއާމެދު އަމަލުކުރާނެ ގޮތަކާމެދު ވިސްނަމުން މި ދަނީ،" އީރާންގެ އޮފިޝަލަކު ބުންޏެވެ.

އީރާނާއި އެމެރިކާއާ ދެމެދު 10 ދުވަހުގެ ސީޒްފަޔާއެއް ގާއިމުކުރަން މީޑިއޭޓަރުން އަލުން މަސައްކަތް ފެށުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 88 ޑޮލަރު (1،356ރ.)ގައި ހިފެހެއްޓިފައެވެ. މިއީ ދުނިޔޭގެ ބާޒާރު ހަފުތާބަންދަށް ބަންދުވިއިރު ވެސް ހުރި އަގެވެ.

ސުލްހައިގެ ފަހުމްނާމާއަށްފަހު ދެ ގައުމުން އަލުން ހަމަލާ ބަދަލުކުރަން ފެށީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާންގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުތަކަށް އީރާނުން ހަމަލާދޭން ފެށުމުން، އެމެރިކާއިން އީރާނާ ދެކޮޅަށް ހަމަލާދޭން ފެށުމުންނެވެ.

ހުރުމުޒު ކަނޑުއޮޅީގެ މައްސަލައިގައި ދެ ގައުމުން ހަމަލާ ބަދަލުކުރަން ފެށި ފަހުން އީރާނުން މިހާތަނަށް މަދުވެގެން 50 މީހުން މަރުވެ 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. އަދި ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދިނުމުން އެމެރިކާގެ ތިން ސިފައިން މަރުވެ ގާތްގަނޑަކަށް 100 ސިފައިން ޒަހަމްވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *