Support Us

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 10،000 ފަސްދީފި

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 10،000 އިން މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 75 މީހުން ކަމަށާއި އެ އަދަދާ އެކު ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 10،014 އަށް އަރައިފައިވާ ކަމަށެވެ.

ކޮވިޑަށް މިއަދު ޕޮޒިޓިވްވި 75 މީހުންގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 22 ބިދޭސީންނެވެ. ކޮވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގައި 1300 މީހުން މިހާރު ތިބިއިރު އައިސޮލޭޝަން ފެސިލިޓީޒްތަކުގައި 796 މީހަކު އެބަތިއްބެވެ.

ކޮވިޑް19 ޖެހިގެން 82 މީހަކަށް ހޮސްޕިޓަލްތަކުގައި ތިބިއިރު މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 8673 އަށް އަރައިފަ އެވެ. ކޮވިޑް19 ޖެހިގެން ރާއްޖެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް19 ޖެހޭ މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ. ބަލި ފެތުރުން އިތުރުވުމާ ގުޅިގެން ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅަން ފަށައިފަ އެވެ. އެފިޔަވަޅުތަކާ އެކު މި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ފަހު ކޮޅުން ފެށިގެން ބަލިޖެހޭ މިންވަރު ވަނީ ދަށަށްދާން ފަށައިފައެވެ. ނަމަވެސް ބަލި އަދި ކޮންޓްރޯލް ނުވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *