Support Us

ކޭންގެ އެންމެ މޮޅު ފިލްމްގެ އެވޯޑާއެކު "ފިޔޯޑް"ގެ ރޮމޭނިއާގެ ޑިރެކްޓަރު ކްރިސްޓިއަން މޫންޖީއޫ

ކޭން ފެސްޓިވަލްގެ އެވޯޑު ރޮމޭނިއާގެ ފިލްމް "ފިޔޯޑް"އަށް

ބައިނަލްއަގުވާމީ ފިލްމީ ސިނާއަތުގެ އެންމެ މުހިންމު ފެސްޓިވަލް ކަމަށް ބެލެވޭ ފްރާންސްގެ ކޭން އެވޯޑު ރޮމޭނިއާގެ "ފިޔޯޑް"އަށް ދީފިއެވެ.

ބާރަ ދުވަހަށް ދެމިގެންދިޔަ، ހޮނިހިރު ދުވަހު ނިންމައިލި 79 ވަނަ ކޭން ފެސްޓިވަލްގައި "ފިޔޯޑަ"ށް އެންމެ މޮޅު ފިލްމްގެ އެވޯޑު ލިބުމުން މިއީ ރޮމޭނިއާގެ ޑިރެކްޓަރު ކްރިސްޓިއަން މޫންޖީއޫއަށް މި އެވޯޑު ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާއަށް ކޭން އެވޯޑު ލިބުނީ 2007 ގައި "4 މަންތްސް، 3 ވީކްސް އެންޑް 2 ޑޭސް"އަށެވެ.

"މި ފިލްމަކީ ކޮންމެ މީހަކު ވެސް އެ މީހެއްގެ ގޮތުގައި ބަލައިގަތުމަށާއި ހަމްދަރުދީވުމަށް ގޮވައިލައި ފިލްމެއް،" އެވޯޑު ބަލައިގަންނަމުން ކްރިސްޓިއަން ބުންޏެވެ.

އޭނާ ބުނީ އެ މީހަކު ގަބޫލުކުރާ ގޮތްތަކާމެދު އެހެން މީހުން އަބަދުވެސް ވިސްނަން ޖެހޭނެ ކަމަށެވެ.

ދުނިޔޭގެ ފިލްމީ މައިދާނުގައި ކޭން އެވޯޑު ކުޅޭ މުހިންމު ރޯލާމެދު ވީޑިއޯ މެސެޖެއް ދެމުން ކޭންގެ ޝަރަފުވެރި އެވޯޑު ލިބުނު އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި ބަތަލާ ބާބްރާ ސްޓްރައިސޭންޑް ބުނީ މިއީ ދުނިޔޭގެ ކަންތައްތައް އެކި ގޮތަށް ބަދަލުވަމުންދާ ދުވަސްވަރެއް ކަމަށެވެ.

"ފިލްމަކީ އަހަރެމެންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށްދޭ ޖާދުލެއް ކަހަލަ ގާބިލުކަމެއް ހުރި އެއްޗެއް،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *