Support Us

ތައުލީމާއި ތަޖުރިބާ ނެތް މީހަކަށް ސިޔާސީ މަގާމަކަށް ނާދެވޭނެ: އުމަރު

އުމަރު ނަސީރުގެ ވެރިކަމެއްގައި ސިޔާސީ މަގާމުތައް 250 އަށްވުރެ މަދުވާނެ ކަމަށާއި ތައުލީމާއި ތަޖުރިބާ ނެތި ސިޔާސީ މަގާމަކަށް ވެސް ނާދެވޭނެ ކަމަށް 2023 ގެ ރިޔާސީ އިންތިހާބްގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފޭސްބުކް ލައިވް މެދުވެރިކޮށް އުމަރު 23 ކެމްޕެއިން ސްޓޫޑިއޯގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ތައުލީމާއި ތަޒުރިބާއާއި ލީޑަޝިޕް ނެތް މީހަކަށް ވަޒީފާ ނުލިބޭނެ ކަމަށެވެ. ސިޔާސީ މަގާމަކަށް އަންނަ މީހަކީ ވެސް މެރިޓަކްރޮސީގެ އުސޫލުން ވަޒީފާ ދޭނެ މީހުން ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސީ މަގާމުތައް 250 އަށްވުރެ މަދުވެސް ވާނެ. މުޅި ދައުލަތުގެ ތެރޭގައި ވެސް މެރިޓަކްރޮސީގެ އުސޫލު އަޅުގަނޑު ހިފަހައްޓާނަން. މެރިޓަށް އެކަނި އަޅުގަނޑު ވަޒީފާދޭނީ. މެރިޓަކީ އެމީހެއްގެ ތައުލީމާއި ތަޒުރިބާއާއި އެމީހެއްގެ ހިންގުންތެރިކަމާއި އެމީހާގެ ލީޑަޝިޕަށް ބަލާފައި ވަޒީފާ ދޭނީ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މި ނޫން ގޮތަކަށް ވަޒީފާތައް ދީގެން ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރުގެ ތެރޭގައި އަމަލް ކުރުމުގެ ސަބަބުން މުޅި ދައުލަތް އެއްކޮށް ހަލާކުވެގެން ހިނގައްޖެ ކަމަށެވެ.

"އަޅުގަނޑުމެންގެ މުޅި ދައުލަތް އެއްކޮށް ހަލާކުވެގެން ހިނގައްޖެ. އަޅުގަނޑުމެންގެ ސަރުކާރުގެ އިސް އޮފީސްތަކުގައި އިއްޔެ ވަޅިހަރަން އުޅުނު މީހުން އެތިބީ އައިސްފައި ބޮޑެތި މަގާމުތަކުގައި، ނަންނަން ކިޔާނެ ކަމެއް ނެތެއް ނޫންތޯ، ތިބޭފުޅުންނަށް އެނގޭނެ ކޮންކޮން ނަމެއްގެ ވާހަކަކަން އަޅުގަނޑުމެން މިދައްކަނީ،" އުމަރު ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކަށް މިގޮތަށް މީހުން ހަމަޖެއްސުމުން ދައުލަތުގެ ކަރާމާތާއި ހައިބަތު ގެއްލިގެން ގޮސްފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ދިވެހި ރާއްޖޭގެ ކަރާމާތް ހިފަހައްޓާނެ ވެރިއަކީ އުމަރު ކަމަށާއި އުމަރުގެ ވެރިކަމެއްގައި ސިޔާސީ މަގާމުތަކުން ފެށިގެން ހުރިހާ މަގާމަކަށް ވެސް އަންނާނީ އެންމެ ގާބިލް މީހާ ކަމަށް އުމަރު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އުވަރަށް ވެރިކަން ލިބުން އަޅުގަނޑަށް ފެންނަނީ އެމެރިކާގެ ރައީސްކަން އަޅުގަނޑަށް ލިބުމާ ހަމަ އެއްފަދައަކުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *