ޖުމްލަ 26 މީހުންނާ އެކު ދަތުރުކުރަމުންދިޔަ ލޯންޗެއް، މާލެ ކައިރީ އޮންނަ ކޮއްދިއްޕަރު ރިސޯޓު ކައިރީ ފަރަކަށް މިރޭ އިރާކޮޅު އެރުމުން، މީހުންތައް މޫދަށް ފުންމާލައި، ތުނޑިއެއް މައްޗަށް އަރައި ތިއްބައި ކޯސްޓްގާޑުން ގޮސް އެ މީހުން ސަލާމަތްކޮށްފިއެވެ.
އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް މޭޖަރ އިބްރާޙިމް އާޒިމް ވިދާޅުވީ އެމް.ޓީ.ސީ.ސީގެ "ކަޅިހި" ލޯންޗުގައި ދަތުރުކުރި މީހުންގެ ތެރޭގައި ދެ އަންހެނުން ވެސް ހިމެނޭ ކަމަށާއި ލޯންޗު ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ މިރޭ ހަތެއްޖަހަން އުޅެނިކޮށް ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
"މިހާރު އެ މީހުން ކޯސްޓްގާޑުގެ ލޯންޗަށް އެ ނަގަނީ،" މިރޭ 9 ޖެހިއިރު އާޒިމް ވިދާޅުވިއެވެ.