Support Us

ކޮޅުވެއްޓީގައި ހުރި ކޭބަލް ރޯލްތައް ބާލައިގެން ށ. މިލަންދޫއަށް ގެންގޮސްފައި
ފެނަކައިގެ އިންޖީނުތަކެއް ހިފައިގެންދިޔަ ކޮޅުވެއްޓި ފަރަށް އެރުން:

މުދާތައް ބާލަން ފަށައިފި، އިންޖީނުތައް ބޭލޭނެ އިރެއް ނޭނގޭ

ފެނަކައިގެ އިންޖީނުތަކެއް ހިފައިގެން ހދ. ކުޅުދުއްފުއްޓަށް ދަނިކޮށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ށ. ނަލަންދޫ ފަރަށްއެރި ކޮޅުވެއްޓީގައި ހުރި މުދާތައް، އެމް.ޓީ.ސީ.ސީގެ ބާޖެއްގައި މިއަދު މެންދުރުފަހު ކޮޅުވެއްޓިން ބާލަން ފަށައިފިއެވެ. ނަމަވެސް، އިންޖީނުތައް ބޭލޭނެ އިރެއް އަދި ނޭނގޭ ކަމަށް މަސައްކަތުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ރައްޔިތުންގެ މަޖިލިސްގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑު މޯލްޑިވްސްގެ "ހެވީ ސްޓާރ 7″ ނަމަކަށް ކިޔާ 140 ފޫޓުގެ މި ކޮޅުވެއްޓި ނަލަންދޫ ފަރަށް އެރީ މި މަހު 13 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށް އެމް.އެން.ޑީ.އެފުން ބުންޏެވެ. ފެނަކައިން ކުއްޔަށް ހިފައިގެން ދަތުރުކުރި "ހެވީ ސްޓާރ 7″ ގައި ހުރީ ފެނަކައިގެ ފަރާތުން އުތުރުގެ ބައެއް ރަށްރަށަށް ގެންދާ އިންޖީނުތަކަކާއި އެއާ ގުޅޭ ސާމާނެވެ.

މި ކޮޅުވެއްޓީގައި ހުރީ 13 މިލިއަން ރުފިޔާގެ ތިން ޖެނަރޭޓަރު ސެޓާއި ޕެނަލް ބޯޑާއިި ކޭބަލްތަކެކެވެ. އެއީ ހއ. އިހަވަންދުއާއި ހއ. ފިއްލަދުއާއި ހއ.ދިއްދޫ އަށް ގެންދާ ޖެނަރޭޓަރު ސެޓާއި ކޭބަލްތަކެކެވެ.

ކޮޅުވެއްޓީގައި ހުރި ކޭބަލް ރޯލްތައް ބާލައިގެން ށ. މިލަންދޫއަށް ގެންގޮސްފައި

ފަރަށް އެރިތާ ހަފުތާއެއް ފަހުން އެމް.ޓީ.ސީ.ސީގެ ބާޖެއްގައި މިއަދު ވަނީ ބައެއް ކޭބަލް ރޯލްތައް ބާލައިގެން، ށ. މިލަންދޫއަށް ގެންގޮސްފައެވެ. އިންޖީނުތައް އަދިވެސް ހުރީ، އަރިވެ، ރާޅުއަރައި، ދިޔަވަމުންދާ ކޮޅުވެއްޓީގައެވެ.

މުދާތައް ބޭލުމަށް އެމް.ޓީ.ސީ.ސީގެ އުޅަނދުފަހަރު މަސައްކަތްކުރާތާ މިހާރު ދެތިން ދުވަހެއް ވެއްޖެއެެވެ.

ރާޅު އެރުމުގެ ސަބަބުން އިންޖީނުތަކަށް ގެއްލުން ލިބެމުންދާ ކަމަށް އެ މަސައްކަތުގައި ހަރަކާތްތެރިވާ މީހަކު މިއަދު ބުންޏެވެ. އޭނާ ބުނި ގޮތުގައި އިންޖީނުތައް ބާލަން އަދިވެސް ދެ ދުވަހެއްވަރު ނަގާފާނެއެވެ.

ފަރަށްއެރި ކޮޅުވެއްޓީގައި ހުރި ފެނަކައިގެ 13 މިލިއަން ރުފިޔާގެ މުދާ ހުރީ އިންޝުއަރކޮށްފައި ކަމަށް ފެނަކައިގެ އެމް.ޑީ އަހުމަދު ސައީދު ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް، ކޮޅުވެއްޓި ފަރަށް އެރިއިރު މުދާ އިންޝުއަރނުކުރާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް