Support Us

އެމް.ޑީ.ޕީގެ ފިޔަވަޅުއަޅާ ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ -ފޮޓޯ: އެމް.ޑީ.ޕީގެ 

އެމްޑީޕީގެ ވެރިންގެ ކާޓޫން ކުރަހައިގެން ޝުއައިބު ސަސްޕެންޑްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމް.ޑީ.ޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކާޓޫންތަކެއް މީސްމީޑިއާގައި ހިއްސާކުރި މައްސަލައާ ގުޅިގެން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުވެއިބު އަލީ ސަސްޕެންޑްކޮށްފި އެވެ.


އެމްޑީޕީގެ ސެކްރެޓޭރިއަޓުން ބުނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޮމިޓީގެ ނައިބް މުގައްރިރު ކަމުންނާއި ޕާޓީގެ މެމްބަރު ކަމުން ޝުއައިބު އެކަހެރިކޮށްފައިވާ ކަމަށެވެ.

އެ ކާޓޫނުތަކާއެކު، ޝުއައިބު ކުރައްވާފައިވާ ޓުވީޓެއްގައި މިއަދު ވިދާޅުވެފައި ވަނީ އެނާ ސަސްޕެންޑްކޮށްފައި ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކާޓޫން އެއް ކުރެހި މައްސަލައަކާ ގުޅިގެން ކަމަށެވެ.


ޝުއައިބުގެ މައްސަލައެއް އެމްޑީޕީގެ ފިޔަވަޅުއަޅާ އެކޮމީޓީއަށް ހުށަހެޅިގެން ބަލަން ފަށައިފައި މިވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނަޝީދު އަމަލް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށް، އެކަންކަން ހުއްޓުވައިދިނުމަށް އެމްޑީޕީގައި އެދިވަޑައިގެންފައިވަނިކޮށެވެ. މީގެ އިތުރުން، ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަކަށް ބަދަލުކޮށް، ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ހަގީގަތަކަށް ހައްދަވަން ނަޝީދު މަސައްކަތް ކުރައްވާ ކަމަށާއި އެކަމުގައި ޕާޓީ ގުރުބާންވެގެން ދިއުމަކީ ގަބޫލްކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އެންގެވި ހިސާބުން މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު އެގޮތަށް އެންގެވި ނަމަވެސް އެމަގާމަކީ ރައީސް ސޯލިހް އޭނާއަށް ދެއްވާފައިވާ މަގާމެއް ކަމަށާއި ރައީސް ސޯލިހް އިތުބާރު ކުރައްވާހާ ހިނދަކު މަގާމުގައި ދެމި ހުންނަވާނެ ކަމަށް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޝުއައިބުގެ އެމްޑީޕީއަށް ސިޓީއެއް ފޮނުއްވާފައި ވަނީ ވެސް ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގަތުމާ ގުޅިގެންނެވެ. ނަމަވެސް އެމްޑީޕީން ވަނީ ޝުއައިބުގެ ތުހުމަތުތައް ދޮގުކޮށް، ނަޝީދު އެގޮތަށް ފައްޔާޒަށް އެންގެވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކަމަށް ބުނެފަ އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *