"ތިބާގެ މަންމަ އަދިވެސް ތިބާއާއެކު އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާއަށް އޭނާގެ އަމިއްލަ ގެއެއް ތިބާ ނުގަނެދެނީ ކީއްވެ ހެއްޔެވެ؟"
މިއީ ޕޯޗުގަލްގެ، މިހާރު އުމުރުން 40 އަހަރުގައި މަހުޖަނަކަށްވެފައިވާ ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއް ފަހަރަކު މީހަކު ކުރި ސުވާލެކެވެ.
ރޮނާލްޑޯގެ މަންމަ މަރިއަ ދަވީރުގެ އުމުރުން މިހާރު 70 އަހަރެވެ. ގޭގެ ސާފުކޮށްދިނުމާއި ކައްކާއެއް ގޮތަށް އުޅެފައި އޭނާ މިހާރު ވަނީ ބްރެޒިލްގައި ރެސްޓޯރަންޓެއް ހުޅުވައިފައެވެ.
ރޮނާލްޑޯ ހިނިތުންވެލިއެވެ. އަދި އެ މީހާއަށް ދިން ޖަވާބަކީ މިއެވެ:
މަންމަ އޭނާގެ ހުރިހާ އެދުމެއް ދޫކޮށްލީ އަހަރެންނަށްޓަކައެވެ.
އަހަރެން ކައިބޮއި އުޅުމަށްޓަކައި މަންމަ ބަނޑުހައިހޫނުކަންމަތީގައި ހުއްޓެވެ.
އެއިރު އަހަރެމެންގެ އަތުގައި އެއްވެސް އެއްޗެއް ނެތެވެ. ފައިސާއެއް ނެތެވެ. އަރާމު ކަމެއް ނެތެވެ. އެކަމަކު ކެނޑިނޭޅި މަންމަ މަސައްކަތް ކުރިއެވެ. ހަފުތާއަކު ހަތް ދުވަހު ގޭގެ ސާފުކޮށްދިނުމުގައި މަސްއޫލުވެގެން އުޅުނެވެ. ރޭގަނޑު ވެސްމެއެވެ. އެއީ ހަމައެކަނި އަހަރެންގެ ފުރަތަމަ ފުޓުބޯޅަ ބޫޓު ގަންދިނުމަށެވެ.
އަހަރެންނަށް ލިބިފައިވާ ކޮންމެ ކާމިޔާބަކީ މަންމަގެ މިލްކެކެވެ. އަހަރެންނަށް ލިބިފައިވާ ހުރިހާ އެއްޗެއް ލިބުމުގެ ސަބަބަކީ މަންމަގެ ގުރުބާނީތަކެވެ.
މަންމަ އަބަދުވެސް އުޅޭނީ އަހަރެންގެ ގާތުގައެވެ. ދުނިޔޭގައި ހުރި ހުރިހާ ދުވަހަކުއެވެ.
އަހަރެންނަށް ދެވޭނެ އެންމެ ރަނގަޅު އެއްޗެހި އެއީ މަންމައަށް ހައްގުވާ ތަކެއްޗެވެ.
އޭނާ އެއީ ހަމައެކަނި އަހަރެންގެ މަންމައެއް ނޫނެވެ. އޭނާއަކީ އަހަރެންގެ ގެއެވެ. އަހަރެންގެ ބާރެވެ. އަދި އަހަރެންގެ ހަޔާތަށް ލިބުނު އެންމެ ބޮޑު ބަރަކާތެވެ.



advertisment