Support Us

ރައީސް މައުމޫން ކޮވިޑުން ރަނގަޅުވެ، ގެއަށް ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް19 ގެ އާލާސްކަންފުޅުން ރަނގަޅުވެވަޑައިގެން، ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފިއެވެ.

ރައީސް މައުމޫންއަށް ކޮވިޑް19 ޖެހިވަޑައިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްވެވަޑައިގަތީ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ.

ރައީސް މައުމޫން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ މާތްﷲ ހެޔޮރަހުމަތްފުޅުން އެމަނިކުފާނު ކޮވިޑް19 ބަލިން ޝިފާ ލިބިވަޑައިގެން ގެއަށް ބަދަލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެކިއެކި ބަލިތައް ތަހަންމަލު ކުރައްވާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެ އެވެ.


މީގެއިތުރުން އެމަނިކުފާނު ކުރައްވާފައިވާ އިތުރު ޓުވީޓެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މެނޭޖްމަންޓަށާއި ސްޓާފުންނަށް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

ރައީސް މައުމޫން ކޮވިޑް19 އަށް ޕޮޒިޓިވްވެވަޑައިގެން ހަބަރު ވެގެން ދިޔައީ ގިނަ ބަޔަކު ސިއްސުވާލި ކަމެއްގެ ގޮތުގައެވެ. އެ ހަބަރާއެކު އެމަނިކުފާނަށް ހެޔޮއެދޭ އެކިއެކި ފަރާތްތަކުން ގެންދަނީ ހަމްދަރުދީ އާއި އަވަސް ޝިފާއަކަށް އެދި ހެޔޮދުއާގެ މެސެޖްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *