Support Us

ދަރިފުޅު ޖައްވަށް- ޑައުން ސިންޑްރޯމް ހުރި މައެއްގެ ހިތްވަރު

ލީނާ އުފަންވުމުން ޑޮކްޓަރުން ކަންބޮޑުވިއެވެ. ހަމައެކަނި ލީނާއާމެދުއެއް ނޫނެވެ. ނަމަވެސް އޭނާގެ މަންމަ ކާލާއާމެދު ވެސްމެއެވެ. ސަބަބަކީ ކާލާއަކީ އެއިރު އުމުރުން 22 އަހަރުގެ، ޑައުން ސިންޑްރޯމް ހުރި އަންހެނެކެވެ.

ޑައުން ސިންޑްރޯމްއަކީ މީހާ ވިހޭ އިރުއްސުރެ ވެސް ހުންނަ ބައްޔެކެވެ. ކްރޮމޮސޯމް 21 ގައި އައިބެއް އުޅޭތީއެވެ. އާއްމު ގޮތެއްގައި ޓްރައިސޮމީ-21 ގެ އިތުރު ކޮޕީއެއް ނެތީތީވެއެވެ.

ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ބޮލުގެ ނާށިގަނޑު ހުންނާނީ ފަތާކޮށެވެ. ލޮލުގެ ކައިރީގައިވާ ހަންގަނޑު ހުންނާނީ ފާޅުކަން ބޮޑު ގޮތެއްގައި ރޫ ލައިފައެވެ. ދުލުގެ ސައިޒު ބޮޑުކޮށް ހުންނަ އިރު އިސްކޮޅުން ކުރުވާނެއެވެ. އަދި ވިސްނުންތެރިކަމާއި އިޖުތިމާއީ އަދި ކަންތައްތައް ކުރުމުގައި ވެސް އުނދަގޫ ކަމެއް ހުންނާނެއެވެ.

ލީނާގެ ބައްޕަ ކާލާ ދޫކޮށްލައިފައި ދިޔައީ ކާލާ ލީނާއަށް ބަލިވެއިންކަން އެނގުމުންނެވެ. އެކަމަކު ކާލާ ނިންމީ އެކަނި ހަށްޓައިގެން ލީނާ ބަލައި ބޮޑު ކުރާށެވެ.

ނަމަވެސް ކާލާގެ ވަށައިގެން ފެންނަން ފެށީ އޭނާގެ މި ނިންމުމަށް މީހުން ޝައްކު ކުރާ ތަނެވެ. އިޖުތިމާއީ މަސައްކަތްތެރިންނާއި އަވަށްޓެރިންނާއި އަދި ޚުދު އާއިލާގެ މެންބަރުން ވެސް ސުވާލު ކުރަމުން ދިޔައީ، ޑައުން ސިންޑްރޯމް ހުރެމެ ވެސް ދަރިއެއް ގެންގުޅެވިދާނެތޯއެވެ.

ކާލާ ހަމައެކަނި ކުރިހާ ވެސް ކަމަކީ އޭނާގެ ތުއްތު ދަރިފުޅު ލީނާ ގައިގައި ބައްދަމުން، ލީނާގެ ކަންފަތްބުޑުގައި މަޑުމަޑުން ބުނަމުން ގެންދިއުމެވެ: "ބަލަން ހުންނާށެވެ."

ކާލާގެ އަތުގައި އިލްމް އުނގެނިފައިވާ ކަމުގެ ޑިގްރީއެއްގެ ސެޓްފިކެޓެއް ނެތެވެ. އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތެވެ. އެކަމަކު އޭނާގެ "ޑިޓަމިނޭޝަން" ހުއްޓެވެ. މާނައީ އަޒުމް ވަރުގަދައެވެ.

ކޮންމެ ދެ ގަޑިއިރަކުން ލީނާއަށް ކާންދިނެވެ. ނާނާތައް އެކުލެވޭ ސީޑީ މީސްމީހުންގެ އަތުން ފަހުން އަނބުރާ ދޭ ގޮތަށް ގެނެސް، ލީނާ ނިންދަވަން އެ ނާނާތައް ސީޑީ ޕްލެޔަރުގައި ޖަހައި، ލީނާ ނިންދެވިއެވެ. މީގެ އިތުރުން ލީނާ ނިންދެވުމަށް ކުޑަކުދިންނާ ގުޅޭ ވާހަކަތައް ވެސް ކިޔައިދިނެވެ.

ހިސާބު އިލްމްގެ ޗާޓުތައް ކާލާ އޭނާގެ އައިސްއަލަމާރީގައި ތަތްކުރިއެވެ. ސައިންސްއާ ގުޅޭ އާލާތްތައް ގަތުމަށް އޭނާއަށް ލިބޭ ފައިސާ ފޮތިތައް ފަހަށް ރައްކާކުރިއެވެ.

އޭނާގެ ބައްޕަ ގާތުގައި ނެތްކަން ފާހަގަ ކުރެވުނު އުމުރަށް ލީނާ އެޅި، ބައްޕަ ނެތީ ކީއްވެތޯ ސުވާލު ކުރުމުން ކާލާ ދިން ޖަވާބަކީ މިއެވެ: "ދުރަށް ދަތުރު ކުރުމަށް ރޮކެޓެއް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ އުދުއްސައިލައިނެ ވަރުގަދަ ލޯންޗްޕެޑްއެކެވެ."

މި ފަދަ ލޯންޗްޕެޑެއް ލީނާގެ ހަޔާތުގައި އޭނާ ދުރަށް އުދުއްސައިލަދިނެވެ.

ސްކޫލްގެ ސައިންސް މައުރަޒުގައި އޭނާއަށް ވަނަ ލިބުނެވެ. ސައިންސްގެ ތަހުލީލުތައް ކުރާ އޮބްޒަވޭޓްރީއަކުން ވަގުތީ ވަޒީފާއެއް އޭނާގެ އުމުރުން 16 އަހަރުގައި ލިބުނެވެ. އަދި އުމުރުން 21 އަހަރުގައި ޖައްވީ އުޅަނދުގެ އިންޖިނިއަރިން މަސައްކަތް ދަސްކޮށްދޭ ކޯހަކުން އެއްވަނަ ލިބުނެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް ނުކުތް ފުރަތަމަ ދުވަހު ލީނާ އޭނާގެ ޑައުން ސިންޑްރޯމް ހުރި މަންމަ ކާލާ އެ ތަނަށް ގެންދިޔައެވެ.

ނާސާގެ ޑިރެކްޓަރު ކާލާއަށް ބުންޏެވެ: "ތިބާގެ ދަރިފުޅަކީ އަހަރެމެންނަށް މިހާތަނަށް ފެނުނު އެންމެ ސިކުނޑި އަލި އެކަކެވެ."

ކާލާގެ ލޮލުން ކަރުނަ ހިލިފައި ހުރެ ޖަވާބު ދިނެވެ: "ލީނާއަށް ތަރިތަކާ ހަމައަށް ފޯރޭނެކަން އަހަރެންނަށް އަބަދުވެސް އެނގެއެވެ. ނަމަވެސް އަހަރެންގެ ވިސްނުމަށް ނައިސް އޮތް ކަމަކީ މިހާ ކައިރިން އަހަރެންނަށް އެ ކަން ފެންނާނެ ކަމެވެ."

މިހާރު ޖައްވަށް ދާ ކޮންމެ ފަހަރު ލީނާ އޭނާ ސްޕޭސްގައި ތުރުކުރާ ސޫޓަށް ފޮޓޮއެއް ލައެވެ. އެއީ، އެހެން މީހަކު ލައިފައިވާ ސްވެޓަރެއް ލައިގެން ހުރެ، ކާލާ ލީނާ އުރައިލައިގެން ހުރި ފޮޓޮއެކެވެ.

މުޅި ދުނިޔެއިން އެއް ފަހަރަކު ކާލާއާ ދިމާއަށް ބުނީ އޭނާއަށް ދަރިއަކު ނުބެލެހެއްޓޭނެ އަދި ނުގެންގުޅެވޭނެ ކަމަށެވެ. ނަމަވެސް މިހާރު އެ ދަރިފުޅު މި ދުނިޔެ މަތީގައި އުދުހެނީއެވެ. މިހާރު ވެސް މިހެން ބުނަމުންނެވެ: "އަހަރެންނަށް މި ތަނަށް އާދެވުނު ސަބަބަކަށްވީ އަހަރެންގެ މަންމައެވެ."

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *