އެމެރިކާއިން 1969 ގައި ހަނދަށް ނުދާކަމަށް ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝަން ބުނުމުން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އެ ކަމަށް ފާޑުކިޔައިފިއެވެ.
"އަހަރެމެން ހަ ފަހަރު ހަނދަށް ހިނގައްޖައިން،" ނާސާގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ޝޯން ޑަފީ އެކްސްގައި ލިޔުނެވެ.
ކިމް (ފޮޓޯ)ގެ ޓީވީ ޝޯ "ދަ ކާޑޭޝަންސް"ގައި އޭނާ ބުނީ އެމެރިކާއިން ހަނދަށް ދިޔަ ވާހަކައަކީ ދޮގެއް ކަމަށެވެ.
ކިމް މި ގޮތަށް ބުނީ 1969 ގެ އެޕޯލޯ މިޝަންގައި ބައިވެރިވި ބަޒް އަލްޑްރިން އެހެން ބުނި ކަމަށް ތުހުމަތުކޮށް ބައެއް މީހުން ފަތުރާ ވާހަކައަކާ ގުޅުވައިފައެވެ.
ނާސާއިން ބުނީ ހަނދަށް އަލުން ދިޔުމަށް މިހާރު ތައްޔާރުވަމުންދާ އާޓެމިސް 2 މިޝަން ވެސް ކުރިއަށް އެބަދާ ކަމަށެވެ.



advertisment