މަޝްހޫރު މަޖައްލާ "ޕީޕްލް"އިން މި އަހަރުގެ އެންމެ ރީތި ފިރިހެނާ ކަމަށް ހޮވުމަކީ "ހަމަނުޖެހޭ" ކަމެއް ކަމަށް އިނގިރޭސި ވިލާތުގެ ބަތަލު ޖޮނަތަން ބެއިލީ ބުނެފިއެވެ
އުމުރުން 37 އަހަރުގެ، ފިލްމް "ވިކެޑް" އަދި ޓީވީ ސީރީޒް "ބްރިޖަޓަން"ގެ ބަތަލު ޖޮނަތަން (ފޮޓޯ) ބުނީ "ސެކްސިއަސްޓް މޭން އެލައިން" ނުވަތަ "މި ވަގުތު ދުނިޔޭގައި ހުރި އެންމެ ރީތި ފިރިހެންމީހާ" ކަމުގެ މަގާމު އޭނާއަށް ދިނުމަކީ ހަމަނުޖެހޭ ނުވަތަ "އެބްޝާޑް" ކަމެއް ކަމަށެވެ.
"އަހަރެންގެ ކުއްތާއަށް މި ހަބަރު ދޭނަން،" މަޖާވެލައިފައި ޖޮނަތަން ބުންޏެވެ.
ނަމަވެސް ސީރިއަސްވެލައިފައި އޭނާ ދެން ބުނީ "މިއީ މާސިންގާ ޝަރަފެއް" ކަމަށާއި އެހަނަސް "މުޅިން ހަމަވެސް ނުޖެހޭ (’އެބްޝާޑް') ކަމެއް" ކަމަށެވެ.
ޖޮނަތަންއަށް މަގާމު ދިންކަން އިއުލާންކުރީ "ދަ ޓުނައިޓް ޝޯ ސްޓާރިން ޖިމީ ފެލަން" ޓީވީ ޕްރޮގްރާމްގައެވެ.
"ހީވަނީ މިއީ މުޅި ހަޔާތަށް ލިބުނު ޝަރަފެއްހެން،" ޖޮނަތަން ބުންޏެވެ.
"މި ހޮވުމަކީ ރީތި ފިރިހެނެއްގެ އަގުވަޒަން ކުރެވޭ ވަގުތެއް،" އޭނާ އިތުރުކޮށްލިއެވެ.



advertisment