Support Us

އެއާލައިނެއްގެ ވެރިޔާ މަސައްކަތަށް ބަހުގައި، ޕައިލެޓުންނަށްވުރެ މުސާރަ ކުޑަ

ޖަޕާންގެ ދެވަނައަށް އެންމެ ބޮޑު، އަދި އާއްމުންގެ ހިއްސާ ބޮޑަށް އޮންނަ، ޖަޕާން އެއާލައިންސްއަށް ކުރިމަތިވި މާލީ ކާރިސާގައި، އެ ކުންފުނީގެ ސީ.އީ.އޯ ހަރުކާ ނިޝިމަޓްސޫ ސާބިތުކޮށްދިނީ އަސްލު ހިންގުންތެރިކަމަކީ ހިތްތިރިކަމެވެ.

މަގާމުގެ ގޮތުން ލިބޭ ފައިދާތަކަށްވުރެ އޭނާ އިސްކަން ދިނީ ކުންފުނީގެ ކުރިމަގަށެވެ. އެ ގޮތުން އުމުރުން 77 އަހަރުގެ ހަރުކާ އޭނާގެ މުސާރަ 60 ޕަސެންޓުން އަމިއްލައަށް ކަނޑައިލިއެވެ. މިހެން ހެދުމުން އެއާލައިންގެ ޕައިލެޓުންނަށްވުރެ އޭނާގެ މުސާރަ ކުޑަވިއެވެ.

ވެރިރަށް ޓޯކްޔޯގެ ޔުނިވާސިޓީން 1972 ގައި އިކޮނޮމިކްސް ނުވަތަ އިގުތިސާދު ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރި ހަރުކާގެ ހިތްތިރިކަން އެ ހިސާބުން އަދި ނިމުނީކީ ނޫނެވެ. އާދައިގެ މުވައްޒަފެއް ފަދައިން އޭނާ ވަޒީފާއަށް ދަތުރުކުރީ ސަރުކާރުން ހިންގާ ބަސްތަކުގައެވެ.

ދަސްވެނިވެ ނިމުމާއެކުހެން ޖަޕާން އެއާލައިންސާ ގުޅި އަދި މިއަދާ ހަމައަށް ވެސް އެ ކުންފުނީގައި މަސައްކަތްކުރާ ހަރުކާ ކައިބޮއި އުޅުނީ އެހެން މުވައްޒަފުން ފަދައިން ކުންފުނީގެ ކެފެޓޭރިއާއިންނެވެ.

ޑިރެކްޓަރުކަމާއި އަދި ކުންފުނީގެ ރައީސްކަން ވެސް ކުރި ހަރުކާ ކޯޓު ފަޓުލޫނު ގަތީ ޑިސްކައުންޓް ދޭ ފިހާރަތަކުންނެވެ.

އަދި މި ހިސާބުން ނިންމައިލީކީ ނޫނެވެ. އޭނާގެ އޮފީހުގެ ފާރުތައް ނަގައިފައި، ކޮންމެ މުވައްޒަފަކަށް ވެސް، އިތުރު ހުރަހެއް ނެތި، އޭނާއާ ބައްދަލުކުރެވޭނެ ގޮތް ހެދިއެވެ.

"މީހުންނާ ނުގުޅޭ މެނޭޖްމަންޓެއް އޮތިއްޔާ މުވައްޒަފުން އަބަދު ތިބޭނީ މަތިން އަމުރު އަންނަންދެން. އަހަރެން ބޭނުންވަނީ އެ މީހުން އަމިއްލަ ވިސްނުން ބޭނުންކުރަން،" ހަރުކާ ބުންޏެވެ.

ގިނަ މުވައްޒަފުންގެ ނަޒަރުގައި އޭނާއަކީ އެ މީހުންނާ ދުރުކަމެއް ބަހައްޓާ ބޮހެއް ނޫނެވެ. އޭނާއަކީ އެ މީހުން ތަޖުރިބާ ކުރަމުންދާ ކެކުޅުންތައް ވެސް އަމިއްލައަށް ތަޖުރިބާ ކުރަމުންދާ އެ މީހުންގެ "ކޮލީގެ"އް ނުވަތަ އެ މީހުންނާއެކު މަސައްކަތްކުރާ މުވައްޒަފެކެވެ.

"އޭނާ ކަންތައް ކުރާ ގޮތުން އަހަރެމެންނަކީ ވެސް އުޅޭ ބައެއްކަން އަހަރެމެންނަށް އިހްސާސް ކުރެވޭ. އެއީ ހަމައެކަނި އަހަރެމެންގެ މައްޗަށް އޯޑަރު ކުރާ މީހެއް ނޫންކަން ހާމަވޭ،" މުވައްޒަފަކު ކުރީގެ ހަނދާނެއް އައު ކުރިއެވެ.

ކުންފުނިތަކުގެ ސީ.އީ.އޯއިން މުއްސަނދި ދިރިއުޅުމެއް އުޅޭ ޒަމާނެއްގައި ހަރުކާގެ ހިތްތިރިކަން ވަނީ އޭނާގެ ތަރިކައަށްވެފައެވެ. ސަބަބަކީ އޭނާ އެ ދައްކައިދިނީ އެންމެ މަތީ ފަންތި އާއި ފެންވަރުގެ ހަގީގީ ވެރިންނާއި ލީޑަރުންނަކީ އެ މީހުންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނާ އެއް ހަމައެއްގައި ހިނގާބިނގާވެ އުޅޭ މީހުންކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *