Support Us

ކ-ވ: އަމްރިޝް ޕޫރީ، ކާޖަލް އަދި ޝާހް ރުކް ޚާން "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭންގޭ" ("ޑީ.ޑީ.އެލް.ޖޭ")ގެ މަންޒަރެއްގައި

ބޮލީވުޑްގެ "ދާއިމީ އިޝްގީ" ފިލްމް "ޑީ.ޑީ.އެލް.ޖޭ" ސިނަމާއެއްގައި ދައްކައިތާ 30 އަހަރު- ކީއްވެ؟

ޝާހް ރުކް ޚާނާއި ކާޖަލްގެ ޖޯޑު މަގުބޫލުވެގެން ދިޔަ ބޮލީވުޑް ފިލްމް "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭންގޭ" ނުވަތަ ކުރުކޮށް ކިޔާ ގޮތުން "ޑީ.ޑީ.އެލް.ޖޭ"އަށް މި ދިޔަ ހޯމަ ދުވަހު 30 އަހަރު ވީއިރު އިންޑިއާގެ ފިލްމީ ސިނާއަތުގެ މަރުކަޒު ކަމަށްވާ މުމްބާއީގެ ސިނަމާއެއްގައި އެ ފިލްމް ކެނޑިނޭޅި ދައްކައިތައި ތިން ދަހަރުވުން މިއީ އަޖައިބެއް ބާވައެވެ؟

މަރާތާ މަންދިރު ސިނަމާގައި، ފިލްމް ނުކުތް 20 އޮކްޓޫބަރު 1995 އިން ފެށިގެން ކޮންމެ ދުވަހަކު ދައްކަމުންދާތީ، މިއީ އިންޑިއާގެ ސިނަމާ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ދައްކަމުންދާ ފިލްމަށް ވަނީ ވެފައެވެ.

އަލަށް ފިލްމެއް ޑިރެކްޓްކުރި އަދިތުޔާ ޗޯޕްރާ ލިޔުނު ވެސްމެ، ޑީ.ޑީ.އެލް.ޖޭ އަސްލު ހިނގައި ސަބަބަކީ، ލޯބީގެ އެހެން ފިލްމްތަކާ ހިލާފަށް، މައިންބަފައިންގެ ނުގަބޫލުގައި ގެއިން ފިލައިގެން ލޯބިވެރިން ގޮސް ކައިވެނިކުރައި ފިލްމަކަށް، ފުރަތަމަ ފަހަރަށް، މި ފިލްމް ނުވާތީއެވެ. އެ ގޮތުން ކާޖަލްގެ ބައްޕަގެ ބައި ކުޅޭ، މިހާރު މަރުވެފައިވާ އަމްރިޝް ޕޫރީ، ކާޖަލްއާ ގުޅެން ޝާހްއަށް ހުއްދަ ދެންދެން ޝާހް އާއި ކާޖަލް، އަމްރިޝްގެ ހިޔާވަހިކަމުގައި ކެތްކޮށްލައެވެ.

ފިލްމް ނިމޭ މަންޒަރުގައި ކާޖަލްގެ އަތުގައި ގިނަ އިރު ހިފައިގެން ހުރެ، އެންމެ ފަހު ވަގުތު ދޫކޮށްލަމުން، ޝާހް ކަހަލަ ހަގީގީ ލޯބިވެރިޔަކު ނުލިބޭނެ ކަމަށް ބުނަމުން، އަމްރިޝް، ކާޖަލްގެ އަތުން ދޫކޮށްލައި، ދުވެދުވެ ހުރި ރޭލުގައި މަޑުކޮށްގެން ހުރި ޝާހް އަތުވޭތޯ ކާޖަލް ދުވެފައި ދާ މަންޒަރަކީ މީހުންގެ ހިތްތަކާއި ސިކުނޑިތަކުގައި އަދިވެސް ބިންވަޅު ނެގިފައިވާ، ފިލްމަކުން ފެންނާނެ އެންމެ އަސަރު ގަދަ އެއް މަންޒަރު ކަމަށް ބުނެވިދާނެއެވެ.

މީގެ އިތުރުން، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ އިންޑިއާއަކީ، 1.4 ބިލިއަން މީހުން އުޅޭ، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުކަމަށްވެފައި، އިންޑިއާގެ އެތައް މިލިއަން ބަޔަކު އެހެން ގައުމުތަކަށް ހިޖުރަކޮށް، "ނޮން ރެސިޑެންޓް އިންޑިއަންސް" ނުވަތަ އެން.އާރް.އައިއިންގެ ގޮތުގައި އުޅޭ ޒަމާނެއްގައި، ޝާހްގެ ޝަހުސިއްޔަތު ކުޅޭ ރޯލުގައި، ތަރައްގީވެފައިވާ ގައުމެއްގައި އުޅޭ އިރު ވެސް، އިންޑިއާގެ ސަގާފީ އާދަތައް އޭނާ ދޫނުކޮށްލުން ވެސް މިއީ އެތައް ބަޔަކަށް ކަމުދިޔަ ސިފައެކެވެ. ފިލްމްގެ ފުރަތަމަ ބައިގައި ހުޅަނގުގެ ވެށި ދައްކާއިރު، ދެވަނަ ބައިގައި ފެންނަނީ އިންޑިއާގެ ރަށްފުށު ސަގާފީ ދިރިއުޅުމެވެ.

"މިއީ އަދިވެސް އެތައް ބައެއްގެ ހިތްތަކާއި ސިކުނޑިއާ ކުޅެމުންދާ މެސެޖެއް. މިއީ ސަގާފީ ބިނާއެއް ("ކަލްޗަރަލް މޮނިއުމެންޓް")އެއް ކަހަލަ އެއްޗެއް،" އެ ސިނަމާގެ ވެރިޔާ މަނޯޖް ދެސާއީ ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.

ބެލުންތެރިން އަދިއަދަށް ވެސް، ފިލްމްގެ ނިމޭ، ދަންމަރެއް ކަހަލަ މަންޒަރަށް އަތްތިލަބަޑިޖަހައި، ސާބަސް ދެއެވެ. އެއީ ފިލްމްގެ މައިގަނޑު މެސެޖަށް ވާތީއެވެ.

"ދޭ، ސިމްރާން! ތިބާގެ ދިރިއުޅުން އުޅެން،" ސިމްރާންގެ ރޯލު ކުޅޭ ކާޖަލްގެ އަތުން ދޫކޮށްލަމުން އަމްރިޝް، ފިލްމް ނިމޭ މަންޒަރުގައި ބުނެއެވެ.

މި ކަމަށް ބެލުންތެރިން ތަރުހީބު ދޭތީ މިއީ ހަގީގަތުގައި ވެސް "ދާއިމަށް ދެމިގެންދާ ލޯބީގެ ވާހަކަ"އަކަށް ވަނީ ވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *