މި ފަހަކަށް އައިސް، އިންސާނުންގެ އިންސާނީ ސިފަ ނައްތައިލައިގެން، ނުފޫޒު ގަދަ ބައެއްގެ އަޅުންނަށް އެހެން މީހުން ހަދަން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ހާމަވަނީ ފަލަސްތީން މައްސަލައިންނެވެ.
މި ގޮތަށް އަމަލު ނުކޮށް، ފަލަސްތީންގެ ބިންތަކަށް ވެރިވެގަނެ، ފަލަސްތީންގެ ދައުލަތެއް ގާއިމު ކުރިޔަނުދީ 70 އަށްވުރެ ގިނަ އަހަރަކު އިސްރާއީލަކަށް ނޯވެވުނީހެވެ.
އެހެންކަމުން، ޔަހޫދީ ދައުލަތުން، ފަލަސްތީން ރައްޔިތުންނަކީ "އިންސާނުން ނޫންކަން" ދުނިޔެއަށް ދައްކަން ބޭނުން ކުރާ އުކުޅުތަކަށް ބަލައިލަމާ ހިނގާށެވެ. އެ ގޮތުން ބަލައިލަން ޖެހެނީ އިނގިރޭސި ބަހުން "ޑިހިއުމަނައިޒް" ކުރުމުގެ މާނައަށެވެ.
މިއީ މީހަކު ނުވަތަ ގްރޫޕެއްގެ "ހިއުމަން ކޮލިޓީތައް" ނުވަތަ "އިންސާނީ ސިފަތައް"، "ޕާސަނަލިޓީ" ނުވަތަ "ޝަހުސިއްޔަތު" އަދި "ޑިގްނިޓީ" ނުވަތަ "ޝަރަފު" ނައްތައިލުމެވެ.

މި އުކުޅުތަކަކީ އެހެން މީހުންނަކީ "އިންސާނުންނަށްވުރެ ދަށު ދަރަޖައިގެ ބައެއް"ގެ ގޮތުގައި ދައްކައި، އެ ގޮތަށް އެ މީހުން ތަމްސީލުކޮށް، އަދި އެ ގޮތަށް އެ މީހުންނާ ދޭތެރޭ ހިތުމެވެ.
ޑިހިއުމަނައިޒް ކުރުމުގެ މައިގަނޑު ސިފަތައް:
ޑިހިއުމަނައިޒް ކުރުން އެކި ފަންތީގައި ކުރިއަށްގެންދެއެވެ.
އެއީ:

- ހިތާ ގޮތް: ގައިދީންނާއި ނިޒާމީ ގޮތުން އަޅުވެތި ކުރެވޭ މީހުންނާމެދު ލާއިންސާނީ ގޮތްގޮތަށް އަމަލު ކުރުމާއި ދަށުދަރަޖައިގެ ހާލަތްތަކުގައި ގެންގުޅުމާއި ދަށުދަރަޖައިގެ ގޮތުގައި ހިތުން ހިމެނެއެވެ.
- ބޭނުންކުރާ ބަސްތަކާއި އެ މީހުން ހުށަހަޅައިދެވޭ ގޮތް: ޑިހިއުމަނައިޒް ކުރެވޭ ފަރުދުން ނުވަތަ ގްރޫޕްގެ އިންސާނީ ސިފަ ގަޑުބަޑުކޮށްލުމަށްޓަކައި ގިނަ ފަހަރަށް ބަސްކޮށާރާއި އެ ފަދަ މަޝްރޫއެއްގެ ޝިކާރައަކަށް ހަދައި މީހުންގެ ސިފަތައް، ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި "މަންޒަރު"ން ދައްކުވައިދެއެވެ. މިސާލަކަށް، ބައެއް މީހުންނަކީ ހައިވާނުންކަމަށް ދެއްކުމާއި ނުވަތަ އިންސާނުންނަށް އުނދަގޫކުރާ ސޫފިތަކެއް ކަމަށް ދެއްކުމަކީ ޑިހިއުމަނައިޒް ކުރަން ބޭނުންކުރާ އާއްމު އުކުޅުތަކެވެ. އަދި ދަށުދަރަޖައިގެ "ލޭބަލް"ތައް ނުވަތަ ކެޓިގަރީތަކަށް ބަހައި ވެސް ލައެވެ.
- ފަރުދެއްގެ ސިފަ ނައްތައިލުން: މިއީ އިންސާނުންނަކީ މެޝިން ފަދަ އާލާތްތަކެއް ކަމަށް ދެއްކުމެވެ. ނުވަތަ އެއީ އެ ބަޔަކު "އާއްމުކޮށް ފެންނަ ގޮތް" ކަމަށް ހުށަހެޅުމެވެ. މިސާލަކަށް، ކޮންމެ މީހެއްގެ ވެސް ހުންނަ "ޔުނީކް" ނުވަތަ ލާމަސީލު ސިފަތަކާއި ތަފާތު ގޮތްތައް ނައްތައިލައި، އެކީއެކައްޗަކަށް އޮތް ފުއްގަނޑެއްގެ ސިފަ ޖެއްސުމެވެ. މިހެން ހެދުމުން އެ މީހަކަށް އޮންނަ ހަމްދަރުދީ ކުޑަވެގެންދެއެވެ. އަދި އޭނާއަކީ އުފެއްދުންތެރިކަމެއް ނެތް މީހެއްގެ ގޮތަށް ފެންނަން ފަށައެވެ. މިސާލަކަށް، އާދަޔާހިލާފަށް ގިނައިން ދާދި އެއް ޒާތެއްގެ މަސައްކަތް އެ މީހަކު ލައްވައި ކުރުވައި ނަމަ ނުވަތަ ބަލިމީހަކީ ބައްޔެއް ޖެހިފައިވާ މީހެއްގެ ބަދަލުގައި އޭނާގެ ޒާތުގައި ބަލިމީހެއް ކަމަށް ދެއްކުމެވެ.
ޑިހިއުމަނައިޒް ކުރުމުގެ ނަފުސާނީ ދައުރު އަދި އޭގެ ނަތީޖާތައް:

ޑިހިއުމަނައިޒް ކުރުމަކީ ފާހަގަ ކުރެވޭހާ ބޮޑު ނަފުސާނީ ނިޒާމެކެވެ. ސީރިއަސް، ހަގީގީ ނަތީޖާ ފެންނަ ކަމެކެވެ.
އެއީ:
- މޯރަލް އެކްސްކްލޫޝަން ނުވަތަ ސުލޫކީ މިންގަނޑުތަކުން އެކަހެރިކޮށްލުން: މިހެން ހެދުމުން ސުލޫކީ މިންގަނޑުތަކުން އެ ބަޔަކު މިނުމާ ދުރުކޮށްލައެވެ. "ސަބް-ހިއުމަން" ނުވަތަ އިންސާނުންނަށްވުރެ ދަށުދަރަޖައިގެ ހައިވާނުން ކަމަށް ދެއްކުމުން، އެ މީހުން ނުވަތަ އެ ގްރޫޕްތަކާ ދެކޮޅަށް އަނިޔާވެރިކަމުގެ އަމަލުތައް ހިންގުމާއި "ޑިސްކްރިމިނޭޝަން" ނުވަތަ ތަފާތު ކުރުމާއި ތައައްސުބު ގެންގުޅުމާއި "އެބިއުސް" ނުވަތަ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އަނިޔާވެރިކަން ދެއްކުމަށް މަގުފަހިވެގެންދެއެވެ. ފަލަސްތީން ނޫނަސް، ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ވެސް "ޖެނޮސައިޑް" ނުވަތަ ނަސްލު ނައްތައިލުމާއި "ވޯ ކްރައިމްސް" ނުވަތަ ހަނގުރައިމައިގެ ކުށްތަކާއި ޖަރީމާތައް ހިންގުމަށް މަގުފަހި ކުރަނީ މި ފަދަ އުކުޅުތައް ބޭނުންކޮށްގެންނެވެ.
- "އެޓްރޯސިޓީ" ނުވަތަ ޖަރީމާ ހިންގުމަށް މަގުފަހިކުރުން: ތާރީހީ ގޮތުން ބަލާއިރު ހަނގުރައިމައިގެ ކުށްތަކާއި ނަސްލު ނައްތައިލުން، މިސާލަކަށް، ޖަރުމަނުގަ އާއި ރުވާންޑާގައި، އަދި އަޅުވެތިކުރުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި ޖަރީމާތައް ހިންގުން ވެސް ހިމެނެއެވެ. ސަބަބަކީ، ޝިކާރައަކަށްވާ "އަނެއް ބައި" މީހުންގެ އިހްސާސްތަކާއި ކެކުޅުންތަކާއި ވޭންތަކަކީ އާދައިގެ ކަމެއް ކަމަށް ދުށުމުގެ އިތުރުން އެއީ އެ މީހުންނާމެދު ހިންގަން ޖެހޭ އަނިޔާވެރިކަމެއްގެ ގޮތުގައި ބަލަން ފެށެނީއެވެ.
އަސާސީ ގޮތުން ދެ ބާވަތެއްގެ ޑިހިއުމަނައިޒް ކުރުން:
އިލްމްވެރިން ޑިހިއުމަނައިޒް ކުރުން ބަހައިލަނީ ދެ ބާވަތަކަށެވެ.
އެއީ:
- "އެނިމަލިސްޓިކް ޑިހިއުމަނައިޒޭޝަން" ނުވަތަ އިންސާނުން ޖަނަވާރުންހާ ދަށު ދަރަޖައަކަށް ވައްޓައިލުން: ރަނގަޅު އަހުލާގާއި ސަގާފަތާއި ބުއްދީގެ ހަމަތައް ފަދަ އިންސާނުންގައި ހަމައެކަނި ހުންނަ ލާމަސީލު ސިފަތައް އެއީ ނެތް އެއްޗެއް ކަމަށް ދައްކައި، އަޅުވެތި ކުރެވޭ މީހުންނަކީ ޖަނަވާރުންނާއި "ސެވެޖު"ން ނުވަތަ ތަހުޒީބު ނުވާ މީހުން ކަމަށް ދެއްކުމެވެ.
- "މެކަނިސްޓިކް ޑިހިއުމަނައިޒޭޝަން": އެހެން މީހުންނާމެދު އަޅައިލުމާއި އޯގާތެރިކަން ބެހެއްޓުމާއި ޖަޒުބާތު ހުރުމާއި ފަރުދެއްގެ ސިފަ ޖެހިފައިވާ ވިޔަސް، އެއީ ނެތް ސިފަތަކެއް ކަމަށް ހަދައި، އަޅުވެތި ކުރެވޭ މީހުންނަކީ "ތަކެތި" ނުވަތަ ރޮބޮޓް ފަދަ މެޝިންތަކެއް ކަމަށް ދެއްކުމެވެ.
އެއްވެސް ބައެއްގެ ފަރާތުން ދެކޮޅުވެރިކަމެއް ނެތި، ފަރުދުންނާއި ގްރޫޕްތަކާއި މުޖުތަމައުތަކާއި އަދި ގައުމަތައް ވެސް އަޅުވެތިކޮށް، ލާއިންސާނީ އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތައިލުން ފަދަ ނާމާން ކުށްތައް ހިންގުމަކީ، މި ފަދަ އުކުޅުތައް ބޭނުން ނުކޮށް، އިހު ޒަމާނުގައި ވެސް އަދި މި ޒަމާނުގައި ވެސް، ހިންގޭނެ ޖަރީމާތަކެއް ނޫނެވެ.
- ގޫގުލްގެ އޭ.އައި ޗެޓްބޮޓް ޖެމިނީގެ މަސްދަރުން ހޯދައިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމެއް



advertisment