Support Us

އެޑްވަޓޯރިއަލް:

"މަންޝާ އޮންލައިންގައި ނެތީ ކޮންއެއްޗެއް؟" ޖަވާބު ދިމާކޮށްގެން 2،000ރ.ގެ ވައުޗަރެއް

ކިޔުންތެރިންނޭވެ! ބައެއް ފަހަރު ތިމާއަށް ޒިޔާރަތްކުރެވޭ ތަނަކުން އާ ދުނިޔެއަކަށް ދަތުރުކުރެވުނުހެން ހީވެއެވެ. ބައެއް ފަހަރު އެތަނުގެ އަޖައިބުކަން ފެނި ހައިރާންވެ އަންތަރީސްވެއެވެ. އަދި ބައެއް ފަހަރު އެ ހައިރާންކަމަށް ކެތްނުކުރެވިގެން މީހާ އެތަނަކުން ނުކުންނަން ޖެހެއެވެ.

މަންޝާ މަނިކުގެ ނަމުގައި މީގެ 35 އަހަރު ކުރިންސުރެ މަޝްހޫރުވެފައިވާ ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކުސޭޓު)ގެ "މަންޝާ އޮންލައިން" ޝޮޕިން މޯލަށް އަހަރެން ޒިޔާރަތްކުރި ފުރަތަމަ ދުވަހުގެ ތަޖުރިބާއަކީ މިކަހަލަ ތަޖުރިބާއެކެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ އެތަނަށް ވަދެފައި އަހަރެންގެ ސިކުނޑި މަސައްކަތްކުރުން ގާތްގަނޑަކަށް ހުއްޓުނީއެވެ.

ސަމާލުކަން ދޭންވީ ކޮން އެއްޗަކަށް ހެއްޔެވެ؟ ސަމާލުކަން ނުދޭންވީ ކޮން އެއްޗަކަށް ހެއްޔެވެ؟ ހުރިހާ ދިމާލެއްގައި އެއްޗެއްސެވެ. ފުރި ބާރުވެފައެވެ. ރިސޯޓުތަކުގެ ޝޮޕްތަކަށާއި ރަށްރަށުގެ ފިހާރަތަކަށް ބޭނުންވާ އެކި ކަހަލަ ސްވެނިއަރ އާއި ގޭތެރޭގެ އާންމު ދިރިއުޅުމަށް ބޭނުންކުރާ ހުރިހައި ސާމާނެއްގެ އިތުރުން ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދީންނަށް ބޭނުންވާ ހުރިހައި ސާމާނެކެވެ. ދުނިޔޭގެ މަޝްހޫރު ހުރިހައި ބްރޭންޑްތަކެއްގެ އޮރިޖިނަލް ސާމާނެވެ. ކުޑަކުދިންނަށް ބޭނުންވާ ސާމާނުން ފެށިގެން ގޭތެރޭގެ ހުރިހައި ދިމާލަކަށް ބޭނުންވާ ހުރިހައި ސާމާނެކެވެ. މީގެ އިތުރުން ބާޒާރުގެ ހަރުތަކުން ގެއްލި، ނެތެމުންދާ މުހިންމު، ގިނަ ވައްތަރުތަކެއްގެ މުދާ ދުނިޔޭގެ އެކި ދިމާތަކުން ހޯދައި، އާންމުންގެ އަތްފޯރާފަށަށް ގެންނަ ފިހާރައެއްގެ ގޮތުގައި ވެސް "މަންޝާ އޮންލައިން" ވަނީ މަޝްހޫރުވެފަ އެވެ. އެ މުދަލަކީ ރިސޯޓުތަކަށާއި ގެސްޓް ހައުސްތަކުގެ ޝޮޕްތަކަށް ވެސް ވަރަށް މުހިންމު ބާވަތްތަކަކަށް ވަނީ ވެފައެވެ.

އޭގެ އިތުރުން މާލެ އަންނަ ޓޫރިސްޓަކު އެނބުރި ގައުމަށް ދިއުމުގެ ކުރިން އެ މީހާއަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް އެތަނުން ލިބެން ހުރެއެވެ. ނޫނިއްޔާ ރާއްޖެއިން ބޭރަށް ދިވެއްސަކު ދާން ބޭނުންވިޔަސް، ސުވެނިއަރއަކަށް ގެންދާނެ ދިވެހިވަންތަ އުފެއްދުންތައް ވެސް ހެޔޮ އަގެއްގައި، އަތްފޯރާފަށުގައި އެތަނުން ލިބެން ހުރެއެވެ.

ނަމަވެސް އެހާ ބައިވަރު ސާމާނު އެއްތާކުން ފެނިދާނެ ކަމަކަށް ހިތަކަށް ނުގެނެވެއެވެ. އަހަރެންގެ ބަލި ސިކުނޑިއާއެވެ. ސަމާލުކަން ހިފެހެއްޓުމަށް ދަތި ސިކުނޑިއެއް ބޮލުގެ ނާށިގަނޑުގެ ތެރޭގައި ތެޅިފޮޅޭ ހާލު އަހަރެން އެތާނގައި ދެކޮޅަށް ދެކޮޅަށް ހޫރުނިއްޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއް ރެކުގައި ނަން ހުސްކޮށް، ރީތިވާ ސާމާނެވެ. އަނެއް ރެކުގައި ހުސް ބަދިގެ ސާމާނެވެ. އައިނެވެ. ހަރުވާޅެވެ. ފްރިޖު މެގްނެޓެވެ. ފައިވާނެވެ. މުސައްލައެވެ. އެކި ޒާތްޒާތުގެ ސޮވެނިއަރ އައިޓަމެވެ.

"މިތާނގައި ޕެނަޑޯލް އެބަހުރިތަ؟" ލޯ އެއްކޮޅުން އަނެއްކޮޅަށް ހޫރިހޫރި، ބޮލަށް އެނބުރުން އަރަން ފެށީމާ އަހަރެން އެހީމެވެ.

"އެބަހުރި މެޑަމް، އެބަހުރި،" އެނބުރޭ ކޮންމެ ދިމާލަކުން އެހީތެރިވެދޭން ތިބި މުވައްޒަފުން އެއްފަހަރާ ޖަވާބުދިނެވެ.

ބަލައިފައި ނުބަލާނެ ތަނެއް ނޭނގުނެވެ. ގަނެފައި ނުގަންނާނެ އެއްޗެއް ނުވިސްނުނެވެ. ދެން ވީ ކިހިނެއް ހެއްޔެވެ؟ ސިކުނޑިއަށް މި ހުރިހާ އެއްޗެއް ތަހައްމަލު ނުކުރެވިގެން އެތަނުން ނުކުތީއެވެ. ފިހާރަ ކަމުނުދާތީކީ ނޫނެވެ. ބޭނުންވާ ސާމާނުތައް ގިނަވެގެން ސިކުނޑި ބަރުވެގެންނެވެ.

މިގޮތަށް ދިމާވި ސަބަބު ކަމުގައި ބެލެވެނީ އަހަރެން އާންމުކޮށް ޒިޔާރަތްކުރާ ފިހާރަތަކުގެ ބާވަތުންނެވެ. ދެތިން އެއްޗެއް ރެކުތަކުގައި ބަހައްޓައިގެން ވިއްކާ ތަންތަނަށް ވަދެވަދެ މިކަހަލަ ގިނަ މުދާ އެއްތާކުން ލިބޭ ތަނަކަށް ވަނީމާ އެތާނގައި ކުރަންވީ ކަމެއް، ގަންނަންވީ އެއްޗެއް ސިކުނޑީއަށް ދެނެގަންނަން ނޭނގުނީއެވެ. އަހަރެން އެ ފިހާރައަށް ދިޔައިރު އެހެން މީހުން އެ ފިހާރަތެރޭގައި ހަމަޖެހިގެން ހިނގާބިނގާވެ އުޅޭތަން ފެނުނެވެ. ބާސްކެޓް ހިފައިގެން އެއަށް އެއްޗެހި އަޅަމުން ދިޔަ މަންޒަރު ފެނުނެވެ. މިކަހަލަ މީހުންނަކީ މިފަދަ ފިހާރަތަކުން މޮޅަށް ވިޔަފާރިކުރަން އާދަވެފައިވާ މީހުންނެވެ.

ގެއަށް އައިސް ވީކަންތަކާމެދު ހިތާމަކުރީމެވެ. މިފަދަ އާދަޔާ ހިލާފު ފިހާރައެއްގެ ފުރިހަމަ ތަޖުރިބާގެ ބުރަދަން އުފުލުމުގެ ޤާބިލުކަން ސިކުނޑިއަށް ލިބިފައިވާނަމައޭ ހިތަށްއެރިއެވެ. ހިތާމަކުރާ ހާލު ގޭގައި ކައްކަން ހުރިއިރުވެސް އެ ފިހާރައިގައި ހުރި ބައެއް ސާމާނާ މެދުގައި ވިސްނެމުން ދިޔައެވެ. ވަގުތުކޮޅެއް ފަހުން ކުޑައިރުގެ މަޝްހޫރު ސިލްސިލާއެއްގެ ޖުމްލައެއް ހަނދާނަށް އައެވެ.

ކޮންމެ ރަމަޟާން މަހަކު ޓީވީން ދައްކާ "މުޙައްމަދު ރަސޫލުﷲ" އަކީ ކުޑައިރު އަހަރެމެން އެންމެ ޝައުޤުވެރިކަމާއެކު ބަލާ ޕްރޮގްރާމެވެ. އެ ޕްރޮގްރާމުގެ އެއް އެޕިސޯޑުގައި ހާމާން ބުނާ ޖުމްލައެއް ބޮލަށް ވަނެވެ. "މިތާނގައި ވާ އެއްޗަކީ އެކަމަކު ނުވާ އެއްޗަކީ ކޮބާ؟" މި ޖުމްލަ ހަނދާންވުމުން ހިނިއައެވެ. ހަގީގަތުގައިވެސް މަންޝާ އޮންލައިންގައި ނުވާ އެއްޗަކީ ކޮބައި ހެއްޔެވެ؟

އެ ހިސާބުން އަހަރެންނަށް މި ރީތި، މުދާ ގިނަ ފިހާރައާ ބެހޭ ގޮތުން ލިޔަންވީ އެތި ސިކުނޑިއަށް އައެވެ. ދެވަނަ ދުވަހު އަހަރެން އެތަނަށް ދިޔައީ ތައްޔާރުވެގެންނެވެ. އެތަނަށް ވަދެ ވަގުތުން އެތަނުގައި "ނެތް" އެއްޗެހި ހޯދަން ފެށީމެވެ. މި ހަރަކާތް ވެގެން ދިޔައީ ހީވެސް ނުކުރާހާ މަޖާ ކަމަކަށެވެ. އެހެންކަމުން މި ޝައުޤުވެރި ކުޅިވަރުން ކިޔުންތެރިންނަށް މަންޝާ އޮންލައިންގެ އަޖައިބުކުރުވަނިވި ތަޖުރިބާ ގެނެސްދިނުމަށް ނިންމީމެވެ.

ތިރީގައިވާ ފޮޓޯތަކުގެ ތެރެއިން ކޮންމެވެސް ފަސް އެއްޗަކީ މަންޝާ އޮންލައިން ފިހާރައިން މިވަގުތު ނުލިބޭ އެއްޗިއްސެވެ. އެ ފަސް އެތި ދެނެގަނެ، މަންޝާ އޮންލައިންގެ 2،000ރ.ގެ ވައުޗަރެއް ކާމިޔާބުކޮށް އެތަނުން ވިިޔަފާރިކޮށްލުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބައޮތެވެ.



ޖަވާބު ފޮނުވާނީ ނަންބަރު ޖަހައިފައެވެ. އެތީގެ ނަމެއް ނޫނެވެ. ޖަވާބު ފޮނުވާނީ މި އޮކްޓޫބަރު މަހުގެ 31ގެ ނިޔަލަށް "އަދިވެސް އޮންލައިން"ގެ އެފް.ބީ ޕޭޖަށެވެ. ޖަވާބު ރަނގަޅުކުރާ މީހުންގެ ތެރެއިން ނަސީބުގަދަ އެކަކު ހޮވާނަމެވެ.

ފުރުޞަތު ނަގައިނުލާށެވެ.