Support Us

އިދިކޮޅު ކޯލީޝަނުން ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ

އުލު ބޭންދިޔަސް، ކޮށާ ކާޅަށް ދިނަސް ފަސްޖެހުމެއް ނެތް: އަދުރޭ

ރެހެންދި ފްލެޓްތަކުން ދެ ފްލެޓް ބައްލަވައިގެންފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން އަލުން ބަލަން ފެށުމުން، އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ޓުވީޓު ކުރައްވައިފިއެވެ. އަބްދުއްރަހީމް ވިދާޅުވީ އުލުބޭންދިޔަސް، ކަތުރުން ކޮށާ ކާޅަށް ދިނަސް ދީނާއި ގައުމުގެ ހައްގުގައި ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށެވެ.

ރެހެންދި ފްލެޓުން ނުވަ މިލިއަން ރުފިޔާއަށް ދެ ފްލެޓް އަބްދުއްރަހީމާއި އަނބިކަބަލުން ބައްލަވައިގެން މައްސަލައަކީ ކުރީގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލުމަށްފަހު، ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލައެކެވެ. ނަމަވެސް އެ މައްސަލަ އަލުން ބަލަން ފަށާފައި ވަނީ ފައިލްކޮށްފައިވާ މައްސަލަތައް އަލުން ބެލުމަށް އާ ކޮމިޝަނުން ފަށައިފައިވާ މަސައްކަތުގެ ދަށުން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އަބްދުއްރަހީމް "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ އެއީ ބިރުދެއްކުން ކަމަށާއި އެކަމަކު ފުރާނައިން ގުރުބާންވާން ޖެހުނު ނަމަވެސް މި ސަރުކާރުން ކުރާ ވައްކަންތަކުގެ ވާހަކަތައް ދެއްކުން ހުއްޓާނުލާނެ ކަމަށާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ބިރު ދެއްކި ނަމަވެސް މި މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ މިސަރުކާރުން ކުރާ ވައްކަންތަކުގެ ވާހަކަތައް ދެއްކުން ހުއްޓާނުލާނަމޭ، ކުދިކުދިކޮށް ކޮށާ ކާޅަށް ދިނަސް، އުލު ބޭންދިޔަސް، ފުރާނައިން ގުރުބާން ވެގެން ވެސް މިސަރުކާރުން ކުރާ ވައްކަންތައް ހާމަކުރާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމާއި އަނބިކަނބަލުން ބައްލަވައިގެން ދެ ފްލެޓްގެ މައްސަލަ އޭސީސީން އަލުން ބަލަން ފެށުމާ ގުޅިގެން އަބްދުއްރަހީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލަ ބަލާނެ ވަރަކަށް ބަލަންވީ ކަމަށާއި އިތުރަށް މައްސަލަ އުފައްދައިގެން ވެސް ބަލަންވީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *