Support Us

ކޯމާގައި 20 އަހަރަށްފަހު ސައޫދީ "ސްލީޕިން ޕްރިންސް" އަވަހާރަވެއްޖެ

ދެހާސް ފަސް ވަނަ އަހަރު ލަންޑަނުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓަކަށް ފަހު، ގާތްގަނޑަކަށް 20 އަހަރު ކޯމާގައި އޮންނެވުމަށް ފަހު، ދަރިކަލުން ސައުދީ ޕްރިންސް އަލްވަލީދު ބިން ޚާލިދު ބިން ތަލާލް އަވަހާރަވިކަން، ޝެހެޒާދާ ޚާލިދު ބިން ޠަލާލް އިޢުލާން ކުރައްވައިފިއެވެ.

ޝެހެޒާދާ ޚާލިދު ހާމަކުރެއްވި ގޮތުގައި، އޭނާގެ ދަރިކަލުންގެ ކަށުނަމާދު އޮންނާނީ ރިޔާޒުގެ އިމާމް ތުރުކީ ބިން އަބްދު الله މިސްކިތުގައި، މާދަމާ ޢަސުރު ނަމާދަށް ފަހުއެވެ.

ޝެހެޒާދާ އަލްވަލީދު އެކްސިޑެންޓުވީ އިނގިރޭސިވިލާތުގައި ކިޔަވައިވިދާޅުވާން ހުންނަވި ދުވަސްވަރުއެވެ. ގާތްގަނޑަކަށް 20 އަހަރު ވަންދެން ޞިއްޙީ އެހީތެރިއެއްގެ ބެއްލެވުމުގެ ދަށުގައި އޮންނެވިއިރު، ކުދިކުދި ޙަރަކާތްތަކެއް ކުރެއްވެވި ކަމުގައިވިޔަސް، އެއްކޮށް ހޭފުޅުލައްވައިފައެއްނުވެއެވެ.

"ދަ ސްލީޕިން ޕްރިންސް"ގެ ނަމުން މަޝްހޫރުވެ ވަޑައިގެންފައިވާ ޝެހެޒާދާގެ ޢުމުރުފުޅުން 36 އަހަރު ފުރިވަޑައިގަތީ މިދިޔަ އޭޕްރީލް މަހުއެވެ. ޝެހެޒާދާ އަލްވަލީދު، 20 އަހަރު ދުވަހު ކޯމާގައި އޮންނެވި އިރުވެސް، ޝެހެޒާދާގެ ޢާއިލާއިން ދުވަހަކުވެސް އުއްމީދު ދޫކޮށް ނުލައްވަވައެވެ.

ކޮލަމް މީތިނުކިޔާތި: ސައުދީ ޝާހީ އާއިލާގެ "ނިދިފައިވާ ޝެހެޒާދު"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *