Support Us

ހަރަމްފުޅުގެ "ރޫހާނީ ދަތުރެއް" ދިވެހި ފަންނުވެރިއެއްގެ ކުރެހުންތެރިކަމުން

މި ރޭ މާލޭގެ ނެޝަނަލް އާޓް ގެލެރީގައި ނިމޭ "މައްކާ ދި އާޓް" މައުރަޒަކީ "ފައިން އާޓްސް"ގެ ދާއިރާއިން ގައުމީ އިނާމު ލިބިފައިވާ އަހްމަދު އަޒްމީ ނުވަތަ މަޝްހޫރު ނަމުން ނަމަ "ބާޗީ"، މީގެ ކުރިން ރާއްޖޭގައި ނުބާއްވާ ކަހަލަ، ތަފާތު މީޑިއަމްތައް ބޭނުންކޮށްގެން، އޭގެ ތެރޭގައި ފޮތި ކަހަލަ އާލާތްތައް ބޭނުންކޮށްގެން 3-ޑީ އެފެކްޓް ވެސް ގެނެސްފައިވާ، ހުނަރުވެރި ކުރެހުންތަކެއް ދައްކައިލައި މައުރަޒެކެވެ.

ބާޗީގެ ކޮންމެ ކުރެހުމެއްގައި ވެސް، އަގާއެކު ވަނީ، ހައްޖާއި އުމްރާއާ ގުޅޭ ކީރިތި ގުރުއާންގެ އާޔަތްތައް އަރަބި ބަހުންނާއި އޭގެ އިނގިރޭސި ތަރުޖަމާ ގެނެސްދީފައެވެ.

"ކުރެހުންތެރިކަމަކީ އަބަދުވެސް އަހަރެންގެ އަޑެވެ. ބަސްމޮށުންތެރިކަމުން ނުބުނެދެވޭ ކަންތައްތައް އަހަރެން ބުނެދޭ ގޮތެވެ،" ގެލެރީގެ ފާރުގައި ހުރި، ބާޗީގެ ފޮޓޯއެއް ވެސް ޖެހި، ބޯޑެއްގައި އިނގިރޭސި ބަހުން ލިޔެފައިވާ ބާޗީގެ ތައާރަފުގައި އޭނާ ބުނެފައިވެއެވެ.

ބާޗީގެ ވީޑިއޯ އިންޓަވިޔުއެއްގައި ބުނެފައިވަނީ ކައިރިން ބެލުމުގެ އިތުރުން ކުޑަކޮށް ދުރަށް ޖެހިލައިފައި ބެލުމުން ވެސް ކުރެހުންތައް އަދި އިތުރަށް މާ ހިތްގައިމުވާނެ ކަމަށެވެ.

"ރީތި މަސައްކަތެއް. މާތް ﷲ ސުބްހާނަހޫ ވަތައާލާ ތިބާގެ މަސައްކަތަށް ރަހްމަތްލައްވާށި،" މި ވީޑިއޯ އިންޓަވިޔު ބަލައިލައިފައި ޒާ ލީ ނަމަކަށް ކިޔާ އިންސްޓަގްރާމް ބޭނުންކުރުންތެރިޔަކު ކޮމެންޓް ކޮށްފައިވެއެވެ.

އެހެން ބޯޑެއްގައި، މި އިވެންޓް ގެނެސް ދޭ މިއުސްއިން ބުނެފައިވަނީ، "ބާޗީ މި ދައުވަތު ދެނީ ކައުބަތު ﷲ ގެފުޅު ހަމައެކަނި އިމާރާތެއްގެ ގޮތުގައި ތަޖުރިބާ ކޮށްލަން ނޫން ކަމަށާއި އެކަމަކު އެއްކައުވަންތަކަމާއި ކިޔަމަންތެރިކަމާއި ރޫހަނީ ގުޅުމުގެ ބާރުގަދަ ނިޝާނެއް" ގޮތުގައި ވެސް ދެކިލުން ކަމަށެވެ.

"ކޮންމެ ކުރެހުމަކުން ފެނިގެން އަންނަނީ ތަވާފާއި ނަމާދު ކުރުމާއި އަދި ވިސްނުން ހިންގުމެވެ. ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް މި އަމަލުތަކުގެ ސަބަބުން ލިއްބައިދޭ ފުން ޖަޒުބާތީ އިހުސާސްތަކެވެ،" މިއުސްއިން ބުނެފައިވެއެވެ.

ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ސްޕޮންސާކޮށްފައިވާ މި މައުރަޒު ވަނީ ޕްރިންޓްލެބް، މޯލްޑިވްސް އިސްލާމިކް ބޭންކް، ވިލާ އަދި މާލެ ސިޓީ ކައުންސިލުން ކޯ-ސްޕޮންސާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *