Support Us

ބާޣީއެކޭ ނުގޮވޭނެ، އެއްވެސް ބަޣާވާތެއްގައި ބައިވެރިއެއްނުވަން: މޫސާ ޖަލީލް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލާ ދިމާލަށް އެއްވެސް މީހަކަށް "ބާޣީ" އޭ ނުގޮވޭނެ ކަމަށާއި "އެއްވެސް ބަޣާވާތެއްގައި ބައިވެރިވެފައިނުވާނެ" ކަމަށާއި ކޯޓަކަށް ހުށަހަޅައިފި ނަމަ އެކަން ސާބިތުކޮށްދެއްވާނެ ކަމުގައި ޖެނެރަލް ޖަލީލް ވިދާޅުވެއްޖެއެެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޖެނެރަލް ޖަލީލް އަައްޔަންކުރެއްވީ މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމަށްފަހު 18 ނޮވެމްބަރު 2008 ގައެވެ. ތިން އަހަރު ނުވަނީސް ރައީސުލްޖުމްހޫރިއްޔާ ކަމުން ނަޝީދު އިސްތިއުފާ ދެއްވަން މެދުވެރިވި ހަމަނުޖެހުންތައް ހިނގައިދިޔަ 7 ފެބްރުއަރީ 2012 ގައި ވެސް އެންމެ އަރިހުގައި ޖަލީލް ހުންނެވިތަން ފޮޓޯއާއި ވީޑިއޯތަކުން ފެނެއެވެ.

"ދިވެހި ރާއްޖެއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާ ޑިމޮކްރެޓިކް ނިޒާމެއް އޮންނަ ގައުމެއް. އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް އިހުތިރާމްކުރަން. ނަމަވެސް އަޅުގަނޑާ ދިމާލަށް ބާޣީއޭ ގޮވުމަކަށް އެއްބަހެއްނޫން. އެކަމާ މެދު އެއްވެސް ކަހަލަ ޝައްކެތް އޮތް ކަމަށް ވާނަމަ ތިބޭފުޅުންގެ ލީޑަރު ކައިރިން އައްސަވާ، ނުވަތަ ކޯޓަށް މައްސަލަ ހުށަހަޅުއްވައިގެން ސޫކުރައްވާ. އެއްވެސް އިރެއްގައި ބަޣާވާތެއްގައި ބައިވެރިވެފައިނުވާކަން އަޅުގަނޑު ސާބިތުކޮށްދޭނަން،" ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ޑރ. މުހައްމަދު ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން ޖެނެރަލް ޖަލީލް ވަކިކުރެއްވިއެވެ. ނަމަވެސް، އޭގެ ފަހުން އައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ވަކި ހިސާބަކުން ޑިފެންސް މިނިސްޓަރުކަމުގެ މަގާމު ޖެނެރަލް ޖަލީލް އަދާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް