Support Us

ސްޓެލްކޯ އިން ފަސް ލައްކަ ގަސް އިންދުމުގެ ހަރަކާތުގެ ބުރެއް ހަފުތާބަންދުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން ފަސް ލައްކަ ގަސް އިންދުމުގެ ހަރަކާތުގެ ބުރެއް ހަފުތާބަންދުގައި ބާއްވައިފިއެވެ.

ސްޓެލްކޯ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކުރުމަށް، ސްޓެލްކޯއިން ޕްލެޖްވެފައިވާ ގޮތަށް 500،000 ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ.

"އެގޮތުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފުތާ ބަންދުތަކުގައި ދަނީ ގަސް އިންދުމުގެ ހަރަކާތްތަކެއް ހިންގަމުން. މާތްﷲގެ އިރާދަފުޅާއެކު ރައީސްގެ ވައުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒު ހިފައިފައިވާ ގޮތަށް ފަސް ލައްކަ ގަސް އިންދިގެންދާނެ،" ސްޓެލްކޯ އިން އެކްސްގައި ބުންޏެވެ.

ރައީސް ޑރ. މުއިއްޒުގެ ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ސްޓެލްކޯއިން ބައިވެރިވެ، ފަސް ލައްކަ ގަސް އިންދުމަށް އެ ކުންފުނިން އަމާޒު ހިފި މަސައްކަތް ކ. ތުލުސްދޫގައި އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ. އެދުވަހު ތުލުސްދޫ އާއި ރާއްޖޭގައި ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި 21،007 ގަސް އިންދައިފައިވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *