Support Us

އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގި އުދުވާން ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގި އުދުވާނީ ޙަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ވަރަށް ބޮޑަށް ޚިލާފު ޢަމަލެއްކަން ފާހަގަކުރައްވައިފިއެވެ.

މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނުގެ"އެކްސް" އެކައުންޓްގައި ޕޯސްޓު ކުރެއްވި މެސެޖެއްގައެވެ.

މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިފަދަ ޙަމަލާތައް ތަކުރާރުވުމަކީ، ހަމައެކަނި އީރާނަށް އޮތް ބިރެއް ނޫން ކަމަށާއި، އަވަށްޓެރި ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *