ފޭކް ޓްރާންސްފަރ ސްލިޕު ފޮނުވި މައްސަލައެއްގެ ތަހުގީގަށް ހދ. މަކުނުދޫ އަންހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
ފުލުހުން ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ފުލުހުން ހޯދާ މީހާގެ މައުލޫމާތު:
ނަން: ޢާއިޝަތު މަލީހާ ،22، ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޙާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2025 ޖޫން 18 ވަނަ ދުވަހުގެ 10:00 އަށް