Support Us

ކާންގެ އެންމެ މޮޅު ފިލްމްގެ އެވޯޑު ލިބުނު "އިޓް ވޯސް ޖަސްޓް އެން އެކްސިޑެންޓް"ގެ މަންޒަރެއް އަދި ފިލްމް ހެދި އީރާންގެ ޑިރެކްޓަރު ޖައުފަރު ބަނާހީ އެވޯޑާއެކު (ވަކި ފޮޓޯގައި)

ފްރާންސްގެ އެންމެ ޝަރަފުވެރި ބައިނަލްއަގުވާމީ ފިލްމީ އިނާމު އީރާނަށް

ފްރާންސުން ބައިނަލްއަގުވާމީ ފިލްމްތަކަށް ދޭ އެންމެ ޝަރަފުވެރި އިނާމުކަމަށްވާ ކާން އެވޯޑު އީރާން ފިލްމަކަށް ދީފިއެވެ.

ހޮނިހިރު ދުވަހު މި އިނާމު ދިނީ ޑިރެކްޓަރު ޖައުފަރު ބަނާހީގެ "އިޓް ވޯސް އެން އެކްސިޑެންޓް"އަށެވެ. މިއީ އީރާންގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމާއި އަދި ނާއިންސާފާ ބެހޭ ގޮތުން ހަދައިފައިވާ ފިލްމެކެވެ. ފިލްމްގައި ދައްކައިދެނީ މީހަކަށް އަނިޔާކުރި މީހަކު ކިޑްނެޕްކޮށް، އޭނާއަށް ބަދަލުހިފާނީތޯ ނޫނީ މައާފުކުރާނީތޯއާމެދު ގޮތެއް ނިންމަން އުޅޭ މީހެއްގެ ހާދިސާއެކެވެ.

ޖައުފަރު މި ފިލްމް ހެދީ އޭނާގެ ހަޔާތަށް ބިނާކޮށެވެ. އީރާން ސަރުކާރުންވަނީ އޭނާ އެތައް ފަހަރަކު ޖަލަށް ލައި، ފިލްމް ހެދުން މަނާކޮށް، އަދި 15 އަހަރުވަންދެން ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައެވެ. ނަމަވެސް ޖައުފަރުވަނީ ކާން ސިޓީއަށް ދަތުރުކޮށް، އެވޯޑާ ހަވާލުވެފައެވެ.

އެހެންކަމުން މި އެވޯޑަކީ އޭނާއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އޭނާއަށް އެވޯޑު ލިބުމުން އޯޑިއެންސްގެ އެންމެންވަނީ ކޮޅަށް ތެދުވެ ތަރުހީބު ދީފައެވެ.

"އަހަރެމެން އެންމެން އަތުގުޅާލަމާ. އަހަރެމެން ލާންވީ ކޮން ކަހަލަ ހެދުންތަކެއްތޯ ނުވަތަ ކުރަންވީ ނުވަތަ ނުކުރަންވީ ކޮން ކަމެއްތޯ މިއީ އެހެން މީހަކު ކިޔައިދޭންޖެހޭ ކަމެއް ނޫން،" ޖައުފަރު ބުންޏެވެ.

އެހެން ފަހަރުފަހަރު އެކި ގައުމުތަކުން އިސް ފަނޑިޔާރުން ހޮވިޔަސް މި ފަހަރުގެ ކާން އެވޯޑުގެ އިސް ފަނޑިޔާރަކީ ފްރާންސްގެ ޖޫލިއެޓް ބިނޯޝްއެވެ. އޭނާއަކީ އެމެރިކާއިން ފިލްމަށް ދޭ އެންމެ ޝަރަފުވެރި އޮސްކާ އެވޯޑު ލިބިފައިވާ ބަތަލާއެކެވެ.

"ފަންނިއްޔާތަކީ އަހަރެމެންގެ އެންމެ އަގުހުރި، އެންމެ ދިރުން ހުރި ނަފުސުގެ ބައިގައި ހިމެނޭ އުފެއްދުންތެރިކަމުގެ ހަކަތަ ހަރަކާތްތެރިކުރުވާ އެތި،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *